ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ އޮކްޓޫބަރު / ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލްއާއި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ލޭޓް އެންޓްރީ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން

އިޢުލާން

2016 ވަނަ އަހަރުގެ އޮކްޓޫބަރު / ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލްއާއި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ލޭޓް އެންޓްރީ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން:

2016 ވަނަ އަހަރުގެ އޮކްޓޫބަރު / ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލްއާއި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ލޭޓް އެންޓްރީ ސްޓޭޓްމަންޓް އޮފް އެންޓްރީ، 2016 ސެޕްޓެންބަރު 4 އިން ސެޕްޓެންބަރު 6 ގެ ނިޔަލަށް މި ޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅާނީ އެ ސެންޓަރަކުންނެވެ.

މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރާނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުންނެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ހަވާލުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުވެސް ގެންނަންވާނެއެވެ. 

ސްޓޭޓްމަންޓް އޮފް އެންޓްރީގައި އެއްވެސް މައްސަލައެއްވާނަމަ، 2016 ސެޕްޓެންބަރު 06 ވަނަ ދުވަހުގެ 12:00 ގެ ކުރިން ލިއުމަކުން މި ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.

27 ޛުލްޤަޢިދާ 1437 

30 އޮގަސްޓް 2016
ހޯދާ