ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި މިނިސްޓްރީގެ ބޭނުމަށް 1 ކޮޓަރީގެ އެޕާޓްމަންޓެއް ފަރުނީޗަރާއެކު 1 އަހަރުދުވަހުގެ މުއްދަތައް ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އެ ޕާޓްމަންޓް ހުންނަންވީ ގޮތާއި ތަކެތީގެ ތަފުސީލު
އެއް ރޫމުގެ އެޕާޓްމަންޓް (ފާޚާނާ، ބަދިގެ އަދި ސިޓިންގ ރޫމާއެކު).
168 އަކަފޫޓަށްވުރެ ކުޑަ ނޫން ތަނަކަށްވުން.
ފަރުނީޗަރ: ފުލީ ފާރނިޝްޑް.
ޢިމާރާތް ހުންނަ ގޮތުގެ ކުރެހުމެއް ނުވަތަ ފޮޓޯ އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.
-
މި މިނިސްޓްރީގެ ފަރާތުން ޢިމާރާތް ބެލުމަށް ބޭނުންވާ ކޮންމެ ހިނދެއްގައި ބެލުމުގެ ފުރުޞަތު ދޭންވާނެއެވެ. އަދި ޢިމާރާތް ބެލުމަށް ގުޅަންޖެހޭނެ 2 ފަރާތެއްގެ ފޯން ނަންބަރު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
-
ފެނާއި ކަރަންޓު ހުންނަންވާނީ އިމާރާތުގެ އެހެން ފްލޯރތަކާ ވަކިކުރެވިފައެވެ.
-
ކުލި ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކަށްވެސް ވަކިންނެވެ.
-
ޢިމާރާތް ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި ފެނާއި ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލައެއް ހައްލުކޮށްދޭންވާނީ ޢިމާރާތް ކުއްޔަށްދޫކުރާ ފަރާތުންނެވެ.
-
އެހެނިހެން މައްސަލަތައް ހައްލު ކުރާނެގޮތް (މިނިސްޓްރީއާއި އެޕާޓްމަންޓް ކުއްޔަށް ދޭ ފަރާތާ ވާހަކަ ދެއްކުމަށް ފަހުގައެވެ).
-
ފެނާއި ކަރަންޓް ބިލު ދައްކާނީ މިނިސްޓްރީއަށް ބިލު ހުށަހެޅުމުން މިނިސްޓްރީންނެވެ.
ހުށަހަޅަންޖެހޭ ތަކެތި
-
ކުއްޔަށް ދޫކުރެވޭނެ އަގު:
-
ކުއްޔަށްދޭން ގަސްތުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ވެންޓިލޭޝަން އެނގޭނެގޮތަށް)
-
ޢިމާރާތް ކުއްޔަށްދޭއިރު ޢިމާރާތުގައި ހުރި ފަރުނީޗަރުތަކާއި އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދަލުގެ ތަފުސީލު
-
ކުއްޔަށްދޭން ގަސްތުކުރަނީ ޢިމާރާތުގެ ވެރިފަރާތުން ކަމުގައިވާނަމަ ގޭގެ ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ކުއްޔަށްދޭން ގަސްތުކުރަނީ ޢިމާރާތުގެ ވެރިފަރާތުން ނޫން ފަރާތަކުން ކަމުގައިވާނަމަ ކުއްޔަށް ދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީއާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
-
ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:
- އަގަށް: 60 ޕޮއިންޓު
(ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 60)
- ޢިމާރާތް ހުންނަ ގޮތް (ކުޑަ ބޮޑު މިނާއި އަދި ތަނުގެ ސާފުތާހިރުކަމާއި ރީތިކަމާ އަގާއި އެކަށިގެންވޭތޯ) : 20
(ހުށަހަޅާ ތަން ބެލުމަށްފަހު)
- ކުއްޔަށްދޭ ޢިމާރާތުގައި ހުންނަ ތަކެއްޗަށް : 20
(އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދާ)
ކުއްޔަށް ހިފާނެ އެޕާޓްމަންޓެއް ހަމަޖެއްސުމުގައި ހުށަހެޅޭ އަންދާސީހިސާބުތަކުގައިވާ ޢިމާރާތްތަކުގެ ތެރެއިން އަގަށާއި ތަން ހުންނަ ގޮތާއި އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދަލަށް ބެލުމަށްފަހު އެންމެ މަތީ މާރކްސް ލިބޭ ފަރާތަކަށް ބެލެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ބިޑު ހުޅުވުން:
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނ 2016 ސެޕްޓެންބަރު 6 ވާ ހޯމަ ދުވަހުގެ 10:30 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީއުރައިގައި ބީލަން ބަންދުކުރުމަށްފަހު ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް ޖެއްސަވާ 2016 ސެޕްޓެންބަރު 6 ވާ ހޯމަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
"މި މިނިސްޓްރީގެ ބޭނުމަށް 1 ކޮޓަރީގެ އެޕާޓްމަންޓެއް ފަރުނީޗަރާއެކު 1 އަހަރުދުވަހުގެ މުއްދަތައް ކުއްޔަށް ހިފުމަށް (IUL)438-PDU/438/2016/216 "
ނޯޓު:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތަކާއި ހުށަހަޅަންޖެހޭ ތަކެތި ހުށަނާޅާ ފަރާތްތަކުގެ ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018342 / 3018384 ނަންބަރު ފޯނަށެވެ.