ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓްތައް އިންސްޓޯލްކުރުމާއި ކޭބަލް ވަޅުލުމުގެ މަސައްކަތް

އިޢުލާން

ނައިފަރު ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓްތައް އިންސްޓޯލްކުރުމާއި ކޭބަލް ވަޅުލުމުގެ މަސައްކަތް

ނައިފަރު ފުޓްބޯޅަދަނޑުގައި މިހާރުހުރި ލައިޓްޕޯސްޓްތައް ނަގައި އާ ލައިޓްޕޯސްޓްތަކެއް އިންސްޓޯލްކޮށް އިލެކްޓްރިކަލް މަސައްކަތްތައް ފުރިހަމަ ކުރަން ބޭނުންވެއެވެ. ވީމާ، ކޮންޓްރެކްޓް އުސޫލުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ޑޮކިޔުމެންޓްސް ނެންގެވުން އެދެމެވެ. ބިޑް ޑޮކިޔުމެންޓްސް ދޫކުރެވޭނީ ސޮފްޓްކޮޕީ ފޯމެޓްގައެވެ. ވީމާ، ޑޮކިޔުމެންޓްސް ބައްލަވައި އޮފީހަށް ދުރުވާއިރު، ޔޫއެސްބީ ސްޓޯރޭޖް ޑިވައިސްއެއް ގެންނަވަންވާނެއެވެ. ބިޑް ޑޮކިޔުމެންޓްސް މެއިލުން ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7945002 މުޙައްމަދު ޙުސައިނަށް ގުޅުއްވުން އެދެމެވެ.

ބިޑް ޑޮކިޔުމެންޓްސް ދޫކުރުން

29 އޮގަސްޓު 2016 އިން ފެށިގެން ޕްރީބިޑް މީޓިންގއާ ހަމައަށް ނައިފަރު ކައުންސިލުގެ އިދާރާގައި

ޕްރީބިޑް މީޓިންގ

4 ސެޕްޓެންބަރު 2016 (އާދީއްތަ) – 14:30 ގައި ނައިފަރު ކައުންސިލުގެ އިދާރާގައި

(ޕްރީބިޑް މީޓިންގަށް ދުރުވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނެވުން އެދެމެވެ.)

ބިޑް އޯޕަން މީޓިންގ

8 ސެޕްޓެންބަރު 2016 (ބުރާސްފަތި) – 13:30 ގައި ނައިފަރު ކައުންސިލުގެ އިދާރާގައި

29 އޮގަސްޓް 2016
ހޯދާ