މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ހއ. އަތޮޅުގައި ރިނިއުއަބަލް އެނަރޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހއ. އަތޮޅުގައި ރިނިއުއަބަލް އެނަރޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދީ ބަލަހައްޓަވާ ދެއްވާނެ ފަރާތެއް ހޯދުން

  1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ލޯނު އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގު ދަށުން ހއ. އަތޮޅުގައި ރިނިއުއަބަލް އެނަރޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  2. މި މަސައްކަތުގެ މަޤުޞަދަކީ ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށެއްގެ ޑިސަލް ޕަވަރ ޕްލާންޓްތަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރުމެވެ. އަދި މި ރަށްތަކުގައި ބޭނުންކުރެވޭ ޑިސަލް ޕަވަރ ޕްލާންޓްތައް އޮޓޮމޭޓްކުރުމާއި ޕަވަރ ޑިސްޓްރިބިއުޝަން ގްރިޑްތަކުގެ ފެންވަރު ރަނގަޅުކުރުމަކީވެސް މި މަސައްކަތުގެ މަޤުޞަދެކެވެ.

  3. މި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ  ޑިސެންބަރު 2016 އިން ސެޕްޓެންބަރު 2017 އަށެވެ.

  4. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތަކާއި އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  5. ބީލަމުގައި ބައިވެރިވުމަށް 100.00 (ސަތޭކަ) ޔޫ.އެސް.ޑޮލަރގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 31 އޮގަސްޓު 2016 އިން 13 އޮކްޓޫބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

  6. ބީލަންފޮތުގައި ބަޔާންކުރެވިފައިވާ ޝަރުޠުތައް ހަމަވާގޮތަށް މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި - 240,000.00 (ދެލައްކަ ސާޅީ ހާސް) ޔޫ.އެސް.ޑޮލަރު ހުށަހަޅުއްވަންވާނެއެވެ.

  7. ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހު، މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔަމަންޓް ޑިވިޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

  8. ބީލަން ހުޅުވުން އޮންނާނީ 2016 އޮކްޓޫބަރު 16 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔަމަންޓް ޑިވިޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކަށް ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 180 ދުވަސް އޮންނަންވާނެއެވެ.

  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން،

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349125    3349106

ފެކްސް   : 3320706    3324432

އީމެއިލް  : [email protected]

ކޮޕީ     : [email protected]

 10. މި އިޢުލާން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

30 އޮގަސްޓް 2016
ހޯދާ