މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ ހުޅަނގު ފަރާތުގައި ތަރައްޤީކޮށްފައިވާ ރަސްފަންނާއި، ހެންވޭރު ހެދިގޮނޑުދޮށުގައި ގަޑިއެއް ބެހެއްޓުމާބެހޭ

އިޢުލާން

މާލޭގެ ހުޅަނގު ފަރާތުގައި ތަރައްޤީކޮށްފައިވާ ރަސްފަންނާއި، ހެންވޭރު ހެދިގޮނޑުދޮށުގައި ގަޑިއެއް ބެހެއްޓުމަށް ބޭނުންވާތީ، މިފަދަ ގަޑިއެއް އަމިއްލަ ޚަރަދުގައި ބަހައްޓަވައިދެއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެވުމަށްފަހު، 2016 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ

ފޯނު: 3004300  /  3004120

ފެކްސް: 3004301

30 އޮގަސްޓް 2016
ހޯދާ