މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މި މި މިނިސްޓްރީގެ 2030 ގެ ތަސައްވަރު

އިޢުލާން

މި މިނިސްޓްރީގެ "2030 ގެ ތަސައްވަރު" އެކުލަވައިލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL)142-A1/1/2016/115  ނަންބަރު އިޢުލާނާ ގުޅިގެން، އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 2016 ސެޕްޓެންބަރު 7 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަމަވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 އަށެވެ.

28 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ