މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް ކާބޯތަކެތި އިމްޕޯޓް ކުރުމާބެހޭ

އިޢުލާން

ދިވެހިރާއްޖެއަށް ކާބޯތަކެތި އިމްޕޯޓް ކުރުމާބެހޭ

10 ފެބުރުވަރީ 2011 މި ތާރީޚުގައި މި އޮތޯރިޓީންކޮށްފައިވާ IUL 23-AP/1/2011/39 ނަންބަރު އިޢުލާނާއި މި އޮތޯރިޓީގެ ކާބޯތަކެތީގެ މިންގަނޑު ނަންބަރު MFDA-FCD STAN 4-2014 "ބަންދުކޮށްފައިވާ ކާބޯތަކެތި ލޭބަލް ކުރުމުގެ ޤައުމީ މިންގަނޑު" އަށް ހަވާލާދީ ދަންނަވަމެވެ.

ކާބޯތަކެތި ލޭބަލްކުރުމުގެ މިންގަނޑާއި ކާބޯތަކެތި އެތެރެކުރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާ ޚިލާފަށް ލޭބަލްކޮށްފައިވާ ތަކެތި ގިނަ އަދަދަކަށް އިމްޕޯޓްކުރަމުން އަންނަކަން މި އޮތޯރިޓީއަށް ދަނީ ފާހަގަކުރެވެމުންނެވެ. އެހެންކަމުން އިމްޕޯޓްކުރާ ކާބޯތަކެތީގެ ލޭބަލުގައި ތިރީގައިވާ ޝަރުޠުތައް ފުރިހަމަކުރުމަށް އިމްޕޯޓްކުރާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ލޭބަލުގައި ފުރިހަމަ ވާންޖެހޭ ޝަރުޠުތައް:

  1. ހެލްތު ކްލިއަރެންސަށް ހުށަހަޅާ ލިޔުންތައް އަދި އުފެއްދުމުގެ ލޭބަލް ހުންނަންވާނީ ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން.
  2. އުފެއްދުމުގެ ނަން.
  3. އުފެއްދުން އުފެއްދި ޤައުމު.
  4. އުފެއްދުން އުފެއްދި ތާރީޚު. (ޕްރޮޑަކްޓްގެ މުއްދަތު ހަމަވުން ބަލަނީ އުފެއްދި ތާރީޙަށް ބިނާކޮށްނަމަ މި ތާރީޚު ހިމެނުން މަޖުބޫރު)
  5. އުފެއްދުމުގެ މުއްދަތު ހަމަވާ ތާރީޚު.
  6. އުފެއްދުމުގައި ހިމެނޭ ބާވަތްތައް ނުވަތަ އިންގްރިޑިއެންޓްސް.
  7. އުފެއްދުން އުފެއްދި ފަރާތުގެ ނަމާއި އެޑްރެސް.
  8. އުފެއްދުމުގެ ބަރުދަން ނުވަތަ މިންވަރު.
  9. އުފެއްދުމުގެ ބެޗް/ ލޮޓް ނަންބަރު.
  10. ވަކި ގޮތަކަށް ބޭނުންކުރަންޖެހޭ ނުވަތަ ބަހައްޓަންޖެހޭ އެއްޗެއްނަމަ އެ މަޢުލޫމާތު.

ވީމާ، 1 ޑިސެންބަރު 2016 މި ތާރީޚާ ހަމައަށް މިހާރެކޭ އެއްގޮތަށް ކާބޯތަކެތީގެ ޝިޕްމަންޓުތަކަށް ހެލްތު ކްލިއަރެންސް ދެމުން ގެންދާނެ ކަމާއި، މި ތާރީޚަށްފަހު މަތީގައި ދަންނަވާފައިވާ ޝަރުޠުތައް ފުރިހަމަނުވާ ޝިޕްމަންޓުތަކަށް ހެލްތު ކްލިއަރެންސް ދޫނުކުރެވޭނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.  

19 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ