ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ނ. މަނަދޫގައި ޤުރްއާން ކިޔަވައިދޭނެ މުދައްރުސަކު ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ނ. މަނަދޫގައި ހިންގާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފީގައި ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ރިސޯސް ޤުރްއާން މުދައްރިސެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު:   1

މުސާރަ:  އެމް. ކިޔު. އޭ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްނަމަ 50 މިނިޓުގެ ޕީރިއަޑަކަށް -/200 ރުފިޔާ

      އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ

ޝަރުޠު: ޤުރްއާން މުދައްރިސް ކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓްކުރެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ.

     2 މަސްދުވަސް  ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު  22 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

19 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ