ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޗީފް ލައިބްރޭރިއަން

މަޤާމް :ޗީފް ލައިބްރޭރިއަން
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޗީފް ލައިބްރޭރިއަން

ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/15246 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/6534 ރުފިޔާ

އޮފީސް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ސްޕައިން ޕޮއިންޓް/ގްރޭޑް

46/8

މަޤާމުގެ ޝަރްޠުތައް:

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ފުޅާ ދާއިރާއެއްގެ މެނޭޖްމަންޓުގެ ތަޖުރިބާ ލިބިފައިވުން.
  2. ލެވެލް 9 ގެ ޕޯސްޓް ގްރޭޖްއޭޓް ކޮލިފިކޭޝަނެއް ގުޅޭ ދާއިރާއަކުން ލިބި އަދި އެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލުކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ލައިބްރަރީގެ ކަންތައްތައް ބަލައި، ތަނުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް، ލައިބްރަރީގެ މުވައްޒަފުންނަށް އިރުޝާދު ދީ، ދަށުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރުން.
  • ތަނުން ދެވޭ ޚިދުމަތްތަކަކީ ރައްކާތެރިކަމާއެކު ރަނގަޅުގޮތެއްގައި ދެވޭ ޚިދުމަތްތަކެއްކަން ކަށަވަރުކޮށްދިނުން.
  • ލައިބްރަރީ ތަރައްޤީކުރުމަށް ބޭނުންވާ ތަކެތި ހޯދައި، ރެކޯޑަށްޓަކައި ނުވަތަ އާންމުކޮށް ބަލަންނުޖެހޭ ލިޔުންތައް ރަނގަޅަށް ރައްކާކުރެވިފައި ހުރޭތޯ ބެލުން. މުވައްޒަފުންނަށް ބޭނުންވާ ޑިއުޓީ ތާވަލުތައް ހަދައި، އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  • ޔުނިވަރސިޓީގެ ލައިބްރަރީގެ ޚިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކުރުމަށް ބޭނުންވާނެ ވަސީލަތްތައް ނުވަތަ އެކަމަށް އެކަށޭނަ ގަވާއިދުތަކެއް ތައްޔާރުކޮށް ލައިބްރަރީ ކޮމެޓީއަށް ހުށަހެޅުމާއި، ލައިބްރަރީތައް ގަޑިއަށް ހުޅުވާފައިހުރޭތޯ ބެލުމާއި، ހުޅުވިފައި ހުންނަ ގަޑިތަކުގައި، ލައިބްރަރީ ބޭނުންކުރަމުންދާ ފަރާތްތަކަށް ތަނުގެ ބޭނުން އެންމެ އެދެވޭގޮތެއްގެ މަތިން ކުރެވޭނެ ގޮތް ރާވައި އިންތިޒާމްކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން މި ފޯމު ލިބިވަޑައިގަންނަވާނެ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 ސެޕްޓެންބަރު 4 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022107 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

28 އޮގަސްޓް 2016
ހޯދާ