ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މުސާރަ: މަހަކު -/4465 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ |
|
ރޭންކް: ޖީ.އެސް 3 |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: 1 |
|
މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު/ ޏ.ފުވައްމުލަކު |
|||
ޝަރުޠު: 1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|||
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: 1- މަރުކަޒުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުމާއި ރަނގަޅު ކުރަންވީ ކަންތައްތައް ފާހަގަކޮށް ރިޕޯޓުކުރުން. 2- މަރުކަޒުގައި ހިންގާނެ ޕްރޮގްރާމްތައް އަހަރު ފެށުމުގެ ކުރިން ރޭވުމާއި، ކަލަންޑަރާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން. 3- މަރުކަޒަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ޚިޔާލު ހޯދައި، އެމީހުންނާ ގުޅުން ބަދަހިކޮށް، ޕްރޮގްރާމްތަކުގައި އެމީހުން ބައިވެރިކުރުން. 4- ކުޅިވަރު ކުޅެން އަންނަ ފަރާތްތަކަށް ޒުވާނުންގެ މަރުކަޒަކީ ރައްޓެހި ތަނަކަށް ހެދުމަށް މަސައްކަތް ކުރުން. 5- ކުޅިވަރު ކުޅުމަށް އަންނަ ފަރާތްތަކަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ގަވާއިދުން ދޫކޮށް ބެލެހެއްޓުން. 6- ކުޅިވަރު މުބާރާތްތައް ރާވައި ހިންގުން. 7- ތަނުގެ މެއިންޓެނަންސް ބެލެހެއްޓުން. 8- މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް، މުވައްޒަފުންނާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. |
|||
ނޯޓް: - މި މަޤާމުގެ އިންޓަރވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ. - މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ. - ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް:
ވެބްސައިޓް އެޑްރެސް www.youth.gov.mv
|
22 ޛުލްޤަޢިދާ 1437