އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

މި ކޮމިޝަނުގެ ނަންބަރު A)CA-2013/233)ފ(24 ޖޫން 2013) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން:

2013 ސެޕްޓެންބަރު 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި ޏ. ފުވައްމުލަކު މިސްކިތްމަގުގައި ބަހައްޓާ 2 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ކުރިން ހަމަޖައްސާފައިވާ ތަނުގައި ވޯޓުފޮށި ބަހައްޓައިގެން ވޯޓުނެގުން ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރުމާއެކު، އެ ވޯޓުފޮށި މިސްކިތްމަގު އަންހެނުންގެ ކޮމެޓީގެ ޢިމާރާތުގައި ބަހައްޓާގޮތަށް ވަނީ ހަމަޖައްސާފައެވެ. ވީމާ، މިދެންނެވި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

#

ވޯޓުފޮށީގެ ނަންބަރު

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

1

R02.05.4

ޏ. މިސްކިތްމަގު - 2

މި ފޮށްޓަށް ވޯޓުލާނީ ވެޑިވަންމަގުގެ ދެކުނަށް ގޮސް، އަލިވާމަގުން ނައިބުތުއްތުމަގަށް ގޮސް، ނައިބުތުއްތުމަގުގެ ދެކުނަށް، ސްޑޭޑިއަމްގެ އިރުދެކުނަށް ގޮސް، ފުނާޑާއި މިސްކިތްމަގާގުޅޭ އިންމަތިން އުތުރަށް ގޮސް. ހުސްނުހީނާ މަގުގެ ދެފަރާތް ހިމެނޭ ސަރަޙައްދުން ގޮސް ދަށުކުބައިގެއާ ހަމައަށް ހުރި ގޭގޭގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ޏ. ފުވައްމުލައް

މިސްކިތްމަގު އަންހެނުންގެ ކޮމެޓީގެ ޢިމާރާތް

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

18 ޝައްވާލް 1434

25 އޮގަސްޓް 2013
ހޯދާ