ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމުގެ ނަން: އެސިސްޓެންޓް ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ |
މުސާރަ: މަހަކު -/4465 ރުފިޔާ |
ސަރވިސް އެލަވަންސް: -/މަހަކު 1500 ރުފިޔާ |
|
ރޭންކް: ޖީ.އެސް 3 |
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: 1 |
|
މަސައްކަތް ކުރަންޖެހޭ ތަން: ސްޕޯޓްސް ޑިޕާޓްމަންޓް |
|||
ޝަރުޠު: 1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|||
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: 1- ސްޕޯޓްސް ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައްކުރުން. 2- ކުޅިވަރާ ގުޅުންހުރި މަޢުލޫމާތު އެއްކުރުމާއި، ޑޭޓާ ބޭސް ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން. 3- ކުޅިވަރުގެ ޤައުމީ އެސޯސިއޭޝަންތަކާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން. 4- ސްޕޯޓްސް އެރީނާތަކުގެ މަސައްކަތް ބެލެހެއްޓުން. 5- ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ އިދާރީ މަސައްކަތްކުރުން. 6- އެކި ފަރާތްތަކަށް ކުޅިވަރުގެ އެހީ ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
|||
ނޯޓް: - މި މަޤާމުގެ އިންޓަރވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ. - މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ. - ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|||
ވެބް ސައިޓް އެޑްރެސް www.youth.gov.mv
|
22 ޛުލްޤަޢިދާ 1437