ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީންގެ ރ.ވަންދޫގައި ހުންނަ ސަރަޙައްދީ ކުނި މެނޭޖްކުރާ މަރުކަޒުގައި ހުރި ބައެއް އިމާރާތްތަކުގެ އަޕްގްރޭޑިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)438/438/2016/167 އިޢުލާނު ބާޠިލުކޮށް، އަލުން މިކަމަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގގައި، ވާރލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލެވިގެންނެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން އަންދާސީހިސާބު ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން، ސޮފްޓްކޮޕީ ފޯމެޓްގައި މަޢުލޫމާތުކަރުދާސް ފޮނުވައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ގްރީން ބިލްޑިންގ،
ހަނދުވަރީ ހިނގުން، މާލެ، ދިވެހިރާއްޖެ،
ފޯން: 3018415
ފެކްސް: 3018301
އީމެއިލް: [email protected]
މިމަސައްކަތަށް ހުށަހަޅާ ބީލަންތަކާއެކު ބީލަންފޮތުގައި ބަޔާން ކުރެވިފައިވާ ގޮތަށް "ބިޑް ސެކިޔުރިންގ ޑެކްލަރޭޝަން" ހުށަހަޅަންޖެހޭނެއެވެ.
ބީލަން ހުޅުވުން އޮންނާނީ 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ 14:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.