ދިވެހިރާއްޖެ
އިޢުލާން
މިކޯޓުގެ ނަންބަރު:L4MC/2016/03 (23 އޮގަސްޓު 2016) ގެ އިޢުލާނުގައި، މަޢުލޫމާތު ސާފުކުރުމަށް ދީފައިވާ މުއްދަތު ކުރުކަމަށް ފެންނާތީ، މިދެންނެވި އިޢުލާން ބާޠިލުކޮށް، އަލުން މިކޯޓުގެ ވަށާ އިންފާރާއި، ކޯޓްުޢިމާރާތުގެ ބޭރު ފާރާއި، އަސްކެނިދަށުގެ ސީލިންގާއި، ނަލަފިލާ އަދި ބަގީޗާގެ ފާރާއި، 2 ގޭޓުގެ ދޮރުމައްޗާއި، ދިދަފޯސްޓުގައި އަޅާފައިވާ ތަޅުމުގައި އަމިއްލަ ތަކެތީގައި ކުލައާއި ދަވާދުލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް، މިކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
25 ޛުލްޤަޢިދާ 1437