ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ނަންބަރު: (IUL)321/321/2016/76 (4 އޮގަސްޓު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި އިދާރާގެ އިމާރާތާއި ގޯތިތެރޭގައި ކުރަންވެފައިހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ކުރަންޖެހޭ މަސައްކަތް:-
- މި އިދާރާގެ އިމާރާތުގެ (ގާތްގަނޑަކަށް 9000 އަކަފޫޓު) އެތެރެއާއި ބޭރު ފާރުތަކާއި ސީލިންގުގައި ކުލަލައިދިނުން.
- ދޮރުތަކުން ދަވާދު ކަހައި، ހިލަކަރުދާސް އަޅައި ސާފުކުރުމަށްފަހު ދެ ކޯޑު ދަވާދުލުން.
- މި އިދާރާގެ ދެކުނުފަރާތުގެ ދޮރޯށި ބަދަލުކުރުމާއި، އިރުމަތީފަރާތުގެ ދޮރޯށި ދޮރުކަންޏާއެކު ނަގައި، އަލުން އައު ދޮރެއް ހަރުކުރުމާއި، ޢިމާރާތުގެ އުތުރުފަރާތުގެ ދޮރު ދޮރުކަންޏާއެކު ނަގައި، އައު ދޮރަކާއި ދޮރުފަތެއް ހަރުކުރުން.
- މި އިދާރާގެ ނޯޓިސްބޯޑުގެ މޫނުމަތީގައި ބިއްލޫރި ހަރުކޮށް، ފާރު ތަޅާލައި އެތެރެއިން ހުޅުވޭގޮތަށް ހެދުން.
- މި އިދާރާގެ ވަށާފާރުން (ގާތްގަނޑަކަށް 550 އަކަފޫޓު) ސިމެންތިގަނޑު ކޮށައި، ހިލަވެލި ބޭނުންކޮށްގެން އަލުން ސިމެންތި ޖަހައި އަންޑަރކޯޓު ލައި ދެކޯޓު ކުލަލުން.
- މި އިދާރާއިން ދައްކާ ނަމޫނާއާ އެއްގޮތަށް ގުދަނުގައި ޑެގަކާއި، 3 ފައިލް ހަރު ހެދުން
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 11:00 މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ކައުންސިލް އިދާރާގެ އިމާރާތާއި ގޯތީގެ މަރާމާތުގެ މަސައްކަތްތައް ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިންގރޫމުގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
25 ޛުލްޤަޢިދާ 1437