މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްއަށް ޔުނީފޯމު ފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެމް.އޭ.ސީ.އެލްއަށް ޔުނީފޯމު ފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ މުވައްޒަފުންގެ ޔުނީފޯމު ފެހުމަށް ބޭނުންވާ ފޮތި މި ކުންފުނިން ދޭ އަދަދާއި ނަމޫނާއާ އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން, ފެކްސްްއަކުން ނުވަތަ އީމެއިލް ([email protected]) އަށް މެއިލް ކުރައްވައި، ޝައުޤުވެރިވެލައްވާކަން ހާމަކުރެއްވުން އެދެމެވެ. މިގޮތަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތައް ރަޖިސްޓަރީކުރެވި، އިނގިރޭސި ބަހުން ތައްޔާރުކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ. މި މަސައްކަތާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ނުވަތަ އިތުރަށް ސާފުކުރައްވަން ބޭނުންވާ މަޢުލޫމާތު އެންމެ ލަސްވެގެން 2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ލިޔުމުން (ފެކްސް ނުވަތަ އީމެއިލްއިން) ހުށަހެޅުއްވުން އެދެމެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ސެޕްޓެންބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގައި، މި ކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މި ކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ބީލަން އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337266/3337236/3337279 ،  ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero  އަށެވެ.

29 އޮގަސްޓް 2016
ހޯދާ