އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

 އައްޑޫ ސިޓީ ކައުންސިލްގެ "އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑު"ގެ ހިންގާ ކޮމިޓީގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް  ފުރުޞަތު ހުޅުވާލުން:

މި އިދާރާގެ ނަންބަރު: (IUL)426-CC/426/2016/163 (10 ޖުލައި 2016) ބާޠިލުކުރުމާ ގުޅިގެން " އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް" ގެ ހިންގާ ކޮމިޓީއަށް މެންބަރުން ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3/2006) އިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން އެ ޤާނޫނުގެ 26 ވަނަ މާއްދާގައި ކަނޑައެޅިފައިވާގޮތަށް "އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑު"ގެ ނަމުގައި 5 މޭ 2016 ގައި ފަންޑެއް ވަނީ ޤާއިމުކުރެވިފައެވެ. މި ފަންޑުގެ ބޭނުމަކީ އައްޑޫ ސިޓީ ކައުންސިލް ހިމެނޭ ދާއިރާގެ ރައްޔިތުންނާއި ދާއިރާގެ ތަރައްޤީއަށް އެހީތެރިވުމަށް އެދޭ، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުންނާއި އެނޫންވެސް ފަރާތްތަކުން މި ދާއިރާގެ ތަރައްޤީއަށް ޚަރަދުކުރުމަށް ދޭ ފައިސާ، އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓުގެ ޖަދުވަލު 1 ގައި ކަނޑައެޅިފައިވާ ގޮތަށް ބޭނުންކުރަން ޖެހެންދެން ޖަމާކޮށް ބެހެއްޓުމެވެ. މި ފަންޑުން ކުރުން ހުއްދަ ޚަރަދުތަކަކީ:-

  1. އައްޑޫ ސިޓީގެ އިޤްތިޞާދު ކުރިއެރުވުމަށް އެކިއެކި މަސައްކަތްކުރުން
  2. އައްޑޫ ސިޓީގެ އިޖުތިމާޢީ ކުރިއެރުމަށް މަސައްކަތްކުރުން
  3. އައްޑޫ ސިޓީގެ އަންހެނުން ބާރުވެރިކުރުވުމަށް އެކިއެކި މަސައްކަތްކުރުން
  4. އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް ދިރުވުމަށްޓަކައި ކުރަންޖެހޭ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް ކުރުމަށާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް ކުރުން

ޓްރަސްޓް އެކައުންޓު ހިންގުމުގެ ޒިންމާ އުފުލާ ފަރާތަކީ، އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑްގެ ޓްރަސްޓް ސްޓޭޓްމަންޓުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮމިޓީންނެވެ. މި ކޮމިޓީ އެކުލެވިގެންވަނީ ތިރީގައި މިވާ ދާއިރާތަކުން ޢައްޔަންކުރާ މީހުންގެ މައްޗަށެވެ.

#

ދާއިރާ (ވަޒީފާ އަދާކުރާތަން)

ކޮމިޓީގައި ބައިވެރިވެވޭ ހައިސިއްޔަތު

1

އައްޑޫ ސިޓީ ކައުންސިލް*

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ (* ކޮމިޓީގެ ޗެއަރޕާސަން )

2

އައްޑޫ ސިޓީ ކައުންސިލް

ކައުންސިލްގެ އަޣުލަބިއްޔަތުން ކަނޑައަޅާ ކައުންސިލް މެންބަރު

3

އަންހެނުންގެ ކޮމެޓީ

ކޮމެޓީން ކަނޑައަޅާ މެންބަރު

4

އައްޑޫ ސިޓީ ކައުންސިލް

ކައުންސިލްގެ ޒިންމާދާރުވެރިޔާ

5

އައްޑޫ ސިޓީ

އިޖްތިމާޢީ ދާއިރާއިން ބޭފުޅަކު

6

އައްޑޫ ސިޓީ

ފަތުރުވެރިކަމާގުޅޭ ދާއިރާއިން ބޭފުޅަކު

7

އައްޑޫ ސިޓީ

ޞިނާޢަތާއި ގަނެ ވިއްކުމުގެ ދާއިރާއިން ބޭފުޅަކު

8

އައްޑޫ ސިޓީ

އާންމު ރައްޔިތުންގެ ތެރެއިން ބޭފުޅަކު

އެގޮތުން އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑްގެ ޓްރަސްޓް ސްޓޭޓްމަންޓްގެ ޖަދުވަލު 2 ގައިވާ ހިންގާ ކޮމިޓީގެ ނަމްބަރު 8،7،6،5 ގައި ބަޔާންކުރާ ފަރާތްތައް ހޯދުމަށް ކައުންސިލުން އާންމު އިޢުލާނެއްކޮށް ކުރިމަތިލާ ފަރާތްތައް ކައުންސިލަށް ހުށަހަޅައި، އެ ފަރާތްތަކުގެ ތެރެއިން ކައުންސިލުން ޢައްޔަންކުރާ ފަރާތެއް ކޮމިޓީގައި ހިމެނުމާއި، މި ކޮމިޓީގެ މުއްދަތަކީ ކައުންސިލުގެ 1 ދައުރުކަމަށް ކައުންސިލުގެ ބައްދަލުވުން (ނިންމުން: 426-AA(N)/2016/82) އިން 21 ޖޫން 2016 ގައިވަނީ ނިންމާފައެވެ.

ވީމާ، ތިރީގައި މިދަންނަވާ ދާއިރާތަކުން މި ކޮމިޓީގައި ހިމެނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 20 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

  • އިޖުތިމާޢީ ދާއިރާ
  • ފަތުރުވެރިކަމާ ގުޅޭ ދާއިރާ
  • ޞިނާޢަތާއި ގަނެވިއްކުމުގެ ދާއިރާ

މި 3 ދާއިރާއިން ކުރިމަތިލައްވާ ފަރާތްތަކުގެ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާންޖެހޭނެއެވެ.

  1. އުމުރުން 25 އަހަރު ފުރިފައިވުން.
  2. ދާއިރާއިން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. ފަތުރުވެރިކަމުގެ ދާއިރާނަމަ މެނޭޖަރު ލެވެލްއިން ފެށިގެން މަތީ މަޤާމެއް އަދާކުރާ ފަރާތަކަށްވުން.
  4. އައްޑޫގައި ދިރިއުޅުއްވާ އައްޑޫ ރައްޔިތަކަށް ވުން.

ކުރިމަތިލާ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ އަދި އެ ދާއިރާތަކުގެ ހިންގުމުގެ ދާއިރާއިން މެނޭޖަރު ލެވެލްއިން މަތީގެ މަޤާމެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • އާންމު ރައްޔިތުންގެ ތެރެއިން ބޭފުޅަކު

މި ދާއިރާއިން ކުރިމަތިލައްވާ ފަރާތްތަކުގެ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ.

  1. އުމުރުން 30 އަހަރު ފުރިފައިވުން.
  2. އައްޑޫގައި ދިރިއުޅުއްވާ އައްޑޫ ރައްޔިތަކަށް ވުން.

ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

28 އޮގަސްޓް 2016
ހޯދާ