މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫރިޒަމް ޒޯނުގައިވާ ރުއްގަހާ ގުޅޭ

އިޢުލާން

ވާދޫ އުތުރުކޮޅު ސަރަޙައްދުން ޓޫރިޒަމް ޒޯނުގައިވާ ރުއްގަހާ ގުޅޭ:

ރ. ވާދޫގެ އުތުރުކޮޅު ބިމުގެ ސަރަޙައްދުން 3.5 ހެކްޓަރުގެ ބިމުގައި ފަތުރުވެރިކަމުގެ މަސައްކަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ވާދޫ ކައުންސިލުގެ އިދާރާއަށް ހުއްދަދެއްވުމާ ގުޅިގެން އެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރަކާއެކު ވަރަށް އަވަހަށް އެގްރީމަންޓުގައި ސޮއިކުރުމަށް ހަމަޖެހިފައިވާތީ، އެ ސަރަޙައްދުގައި ހިމެނޭ އަމިއްލަ ފަރުދުންގެ ރުއްގަހަށް ބަދަލުދިނުމަށްޓަކައި ކުރިއަށް ގެންދަންޖެހޭ ކަންކަން މި ކައުންސިލުން ހަމަޖެއްސުމަށް ބޭނުންވެއެއެވެ.

ވީމާ، ތިރީގައިވާ ޗާޓުގައި ޓޫރިޒަމް ޒޯން ތަރައްޤީކުރުމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުގެ ތެރޭގައި ހިމެނޭ އަމިއްލަ ފަރުދުންގެ ރުއްގަހުގެ ވެރިފަރާތްތަކުން، 2016 އޮގަސްޓު 29 ވާ ހޯމަދުވަހުން ފެށިގެން 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:30 އަށް ރުއްގަހުގެ ބަދަލުގެ ކަންކަން ހަމަޖެއްސުމުގައި ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައި މި އިދާރާއަށް ވަޑައިގެންނެވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ރުއްގަހުގެ ވެރިފަރާތަށް ވަޑައިގެންނެވެން ނެތްނަމަ، ބަދަލުގައި ހަމަޖައްސަވާ ފަރާތަކުން، ބަދަލުގައި ހަމަޖެއްސެވި ފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ކައުންސިލަށް ވަޑައިގެން ރުއްގަހުގެ ބަދަލުގެ ކަންކަން ހަމަޖެއްސުމުގައި ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ދަންނަވަމެވެ.

މި މުއްދަތުގެ ތެރޭގައި އެ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިން، ބަދަލުގެ ކަންކަން ހަމަޖެއްސުމަށް ކައުންސިލަށް ވަޑައިނުގަންނަވާނަމަ، އެފަދަ ރުއްގަސް ކައުންސިލަށް ނެގޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6580074 ފޯނާ ގުޅައިގެން ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ. 

‏22‏ ޛުލްޤަޢިދާ‏ 1437

25 އޮގަސްޓް 2016
ހޯދާ