ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ބާޖެއް ކަފުޖަހައިގެން ދަމާނެ އުޅަނދަކާއި އެ އުޅަނދަށް ބޭނުންވާ ޑީސަލާއި ފަޅުވެރިންނާއެކު ކުއްޔަށް ހިފަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސަރވިސަސްއިން ކ. ހިންމަފުށީގައި ހުރި ވެލި، މާލެ ގެނައުމަށްޓަކައި ބާޖެއް (ކަފުޖަހައިގެން ދަމާނެ އުޅަނދަކާއި އެ އުޅަނދަށް ބޭނުންވާ ޑީސަލާއި ފަޅުވެރިންނާއެކު) ކުއްޔަށް ހިފަން ބޭނުންވެއެވެ. މިގޮތުން ކުއްޔަށް ދޫކުރެވޭ ބާޖަކީ މަދުވެގެން 6،000 ކޮޑިމީޓަރު ދޮންވެލި އުފުލޭވަރުގެ އުޅަނދަކަށް ވާންވާނެއެވެ.

ހުށަހަޅަންވީ ތަކެތި:

- ބާޖު (ކަފުޖަހައިގެން ދަމާނެ އުޅަނދަކާއި އެ އުޅަނދަށް ބޭނުންވާ ޑީސަލާއި ފަޅުވެރިންނާއެކު) ދުވާލަކަށް ކުއްޔަށް ދޫކުރާ އަގު                

- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ)

- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިއުން.)

އަންދާސީހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފުސީލު

- އަގު: 80 ޕޮއިންޓް

  ޕޮއިންޓް = ހުށަހެޅޭ އެންމެ ހެޔޮ އަގު  80x

          ހުށަހެޅި އަގު       

- މަސައްކަތު ތަޖުރިބާ: 20

  މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

ޢިއްޒުއްދީނު މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 12:00 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

20 ޛުލްޤަޢިދާ 1437 

25 އޮގަސްޓް 2016
ހޯދާ