ދިވެހިރާއްޖެ
އިޢުލާން
ޓުޫރިޒަމް ޒޯނުން ގެސްޓްހައުސް ހެދުމަށް ބިން ކުއްޔަށް ދޫކުރުމާ ބެހޭ
ގެސްޓްހައުސް ހަދައި ހިންގުމަށް ކ. ހިންމަފުށީ ހުޅަނގު އުތުރު ތުނޑީ ސަރަޙައްދުގައި އޮތް 21,334.63 (އެކާވީސްހާސް ތިންސަތޭކަ ތިރީސް ހަތަރެއް، ޕޮއިންޓް ފަސްދޮޅަސް ތިނެއް) އަކަފޫޓުގެ ޓޫރިޒަމް ޒޯނުން 2000 (ދެހާސް) އަކަފޫޓުގެ 8 ބިމާއި، 5000 (ފަސްހާސް) އަކަފޫޓުގެ 1 ބިން، 30 (ތިރީސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، މި ކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)335-AS/335/2016/29 އިޢުލާނާ ގުޅިގެން ހުށަހެޅި ބިޑުތައް ބާޠިލުވެފައިވާތީ، އަލުން މި ބިންތައް ކުއްޔަށް ދޫކުރުމަށް ކ. ހިންމަފުށި ކައުންސިލުގެ ފަރާތުން ފުރުޞަތު ހުޅުވާލައިފީމެވެ.
މި ބިންތަކުގައި، އަމިއްލަ ޚަރަދުގައި ޓޫރިސްޓު ގެސްޓުހައުސްއެއް ޢިމާރާތްކޮށް، އެ ޓޫރިސްޓު ގެސްޓުހައުސް ޢިމާރާތްކުރުމަށްފަހު، ޓޫރިސްޓު ގެސްޓުހައުސް ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، ބިޑް ޑޮކިއުމަންޓް ބެއްލެވުމަށާއި، ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، 2016 ސެޕްޓެންބަރު 18 އިން ފެށިގެން 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 13:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައިހުންނާނެއެވެ.
މާލެއަތޮޅު ހިންމަފުށީ ކައުންސިލުގެ އިދާރާ
ރޯޝަނީމަގު / ކ. ހިންމަފުށި ، ދިވެހިރާއްޖެ
ޓެލެފޯނު ނަންބަރު: 6642024 ، ފެކްސް ނަންބަރު: 6642024
އީމެއިލް އެޑްރެސް: [email protected]
މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް އެދޭ ފޯމު މެދުވެރިކޮށް ކ. ހިންމަފުށީ ކައުންސިލުގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ކ. ހިންމަފުށީ ކައުންސިލުގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
މި ބިންތަކުގައި، އަމިއްލަ ޚަރަދުގައި ޓޫރިސްޓު ގެސްޓުހައުސްތައް ޢިމާރާތްކޮށް، އެ ޓޫރިސްޓު ގެސްޓުހައުސްތައް ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހިރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. މިއިން ޕާޓްނަރޝިޕެއްގައި ނުވަތަ ކުންފުންޏެއްގައި ބިދޭސީ ފަރާތެއްގެ ހިއްސާ އޮވެގެންނުވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/5,000 (ފަސްހާސް) ރުފިޔާއަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާދެވޭ ފައިސާއެއްނޫނެވެ.
ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކު، އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށްފަހު ހުށަހަޅާނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތް ނޫން އެހެން ފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި، ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕުގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2016 އޮކްޓޫބަރު 4 ވަނަ ދުވަހުގެ 11:00 ގައި މާލެއަތޮޅު ހިންމަފުށީ ކައުންސިލުގެ އިދާރާގައި އޮންނާނެއެވެ.
ބިޑް ހުށަހަޅަންޖެހޭނީ، ސިޓީއުރައެއްގައި ބަންދުކޮށްފައި، 2016 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 11:00 ގައި ކ. ހިންމަފުށީ ކައުންސިލުގެ އިދާރާއަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ބީލަންފޮތް ބައްލަވައިގަނެ، މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
20 ޛުލްޤަޢިދާ 1437