އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލެޑްލައިޓް ގަތުމަށް

އިޢުލާން

100 ވޯޓުގެ 22 ލެޑްލައިޓާއި 120 ވޯޓުގެ 18 ލެޑްލައިޓް ގަންނަން ބޭނުންވެއްޖެ:

މި އިދާރާގެ ބޭނުމަށް 120 ވޯޓުގެ 18 ލެޑްލައިޓާއި 100 ވޯޓުގެ 22 އައުޓްޑޯ ލެޑްލައިޓް ގަތުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާއިރު، ސަމާލުކަން ދޭންވީ ކަންތައްތައް.

  • ކޮންމެ ފަރާތަކަށްވެސް އަންދާސީހިސާބު ހުށަހެޅޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ.
  • އަންދާސީހިސާބު ބާޠިލުވާ މުއްދަތުކަމުގައި މަދުވެގެން 1 މަސްދުވަސް (30 ދުވަސް) އޮންނަންވާނެއެވެ.
  • އަންދާސީހިސާބުގައި އަގާއި މުއްދަތު ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅާއިރު ތިރީގައި މިދަންނަވާ ތަކެތި ހުށަހަޅަންވާނެއެވެ.

  • ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ (ވިޔަފާރި / ކުންފުނީގެ ފަރާތުން ހުށަހަޅާނަމަ)
  • ޖީ.އެސް.ޓީ ރަޖިސްޓަރީގެ ކޮޕީ (ވިޔަފާރި / ކުންފުނީގެ ފަރާތުން ހުށަހަޅާނަމަ)
  • ވިއްކުމަށް ހުށަހަޅާ ލެޑްލައިޓްގެ ސްޕެސިފިކޭޝަން (މިންތައް އެނގޭގޮތަށް ކުރެހުން ނުވަތަ ފޮޓޯއާއެކު)

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.

  • ހުށަހަޅާ އަގަށް: 85 (ހުށަހަޅާ އެންމެ ކުޑަ އަގަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް)
  • މުއްދަތު: 15 (ހުށަހަޅާ އެންމެ ކުޑަ އަގަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް)

އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑީގައި 6660537 އަށް ގުޅުއްވުން އެދެމެވެ.

25 އޮގަސްޓް 2016
ހޯދާ