ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި އިދާރާގެ ނަންބަރު: B-381/I-2016/38 އިޢުލާނާ ގުޅިގެން ކުޑަހުވަދޫ ރަތްވިލާމަގާއި އުސްގަނޑުމަގުގައި ޖެހުމަށް ހަމަޖެހިފައިވާ ބައްތިދަނޑިތަކަށް ކަރަންޓްލުމަށް ބޭނުންވާ ކޭބަލް ގަތުމަށް ޝަރުޠު ފުރިހަމަވާ 3 ފަރާތުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިއުލާންކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 13:00 އަށް މަލްޓިޕާޕޯސް އިމާރާތުގެ ސެމިނަރރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމަވެ. އަދި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ސެޕްޓެންބަރު 4 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނަރރޫމުގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
60% |
މުއްދަތު |
20% |
މާލީގޮތުން އެކަން ކުރެވޭފަދަ ފެންވަރު ހުރުން |
10% |
އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.