އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީކޯޓުގައި ދާޖަހައި ގޭޓު ލުމުގެ މަސައްކަތާއި ލައިޓް ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީގެ ފޭދޫއަވަށުގެ ވޮލީކޯޓުގައި ދާޖަހައި ގޭޓުލުމާއި ލައިޓްހަރުކުރުމުގެ މަސައްކަތް

އައްޑޫސިޓީގެ ފޭދޫއަވަށުގެ ވޮލީކޯޓުގައި ފެންސް ނުޖެހިވާ ބައިގައި ދާޖަހައި ގޭޓުލުމުގެ މަސައްކަތާއި ލައިޓް ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AB/426/2016/127 އިޢުލާނުގެ ދަށުން ކުރަންޖެހޭ މަސައްކަތަށް ބަދަލު އައުމާ ގުޅިގެން މި އިޢުލާން ބާޠިލުކޮށް، އަލުން މި ފުރުޞަތު ހުޅުވައިލަމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 12 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

19 ޛުލްޤަޢިދާ 1437 

23 އޮގަސްޓް 2016
ހޯދާ