އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގައި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ރަސްދޫ ކުޑަކުދިންގެ ޕާކުގައި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުން ކުރި ނަންބަރު: (IUL)340/340/2016/44 (19 ޖުލައި 2016) އިޢުލާނާ ގުޅިގެން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކުން ހުށަހެޅުން ބާޠިލުކޮށްދިނުމަށް ސިޓީ ހުށަހަޅާފައިވާތީ އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުންތައް ބާޠިލުކޮށް، އަލުން އއ. ރަސްދޫ ކުޑަކުދިންގެ ޕާކުގައި މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ވޯކްވޭތަކެއް ހަދައި، ދޮންވެލި ލައި، ކަރަންޓްވައިރާއި ފެންވައިރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 1 ވަނަ ދުވަހުގެ 13:20 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 13:20 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

22 އޮގަސްޓް 2016
ހޯދާ