ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވޭޖް އެމްޕްލޯއިމެންޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

މަސައްކަތު (ވޭޖް އެމްޕްލޯއިމެންޓުގެ ދަށުން މަސައްކަތްކުރުމަށް)

ރޭންކް:

އެސް.އެސް. 1 (ސަޕޯޓް ސަރވިސް 1)

ކްލެސިފިކޭޝަން:

ސެކްޝަން:

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސަޕޯޓް ސްޓާފް ގްރޭޑް 1   

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ފުވައްމުލަކު ދިގުވާނޑު ކައުންސިލުގެ އިދާރާ

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

ބޭނުންވާ އަދަދު:

މަހަކު -/1000 ރުފިޔާ

3 (ތިނެއް)

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ދިގުވާނޑު މިސްކިތްތަކުގެ މަސައްކަތު މީހެއްގެ ހައިސިއްޔަތުން މިސްކިތް ފޮޅައި ސާފުކުރުމާއި، މިސްކިތުގެ ގޯއްޗާއި ގޯތި ހިމެނޭ މަގުން ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ވަޅުދިޔަ ހިއްކައި ބެލެހެއްޓުން.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުކުރުން. މި އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި ފުވައްމުލަކު ދިގުވާނޑު ކައުންސިލުގެ އިދާރާގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު ދިގުވާނޑު ކައުންސިލުގެ އިދާރާއަށެވެ.

އުޖޫރައާއި އިނާޔަތްތައް:

- ވޭޖް އެމްޕްލޯއިމެންޓުގެ ދަށުން މަސައްކަތްކުރާ ފަރާތްތަކަށް ދެވޭނީ ތަފުސީލުގައި ކަނޑައެޅިފައިވާ އުޖޫރައެވެ. އިތުރުގަޑި ނުވަތަ އެއްވެސް އެލަވަންސެއް ނުދެވޭނެއެވެ. 
ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުވައްމުލަކު ދިގުވާނޑު ކައުންސިލުގެ އިދާރާއިން އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް:

1- ތަޢުލީމާއި ތަމްރީނު.

2- މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލު ސިފަތައް.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. މި ލިޔުންތައް އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ހަވާލުކުރެވޭނެއެވެ. މަސައްކަތް ހަވާލުކުރާނީ ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރާގޮތަށް ބަހާލައިގެން ކޮންމެ ނަމާދުވަގުތަކަށް 30 މިނެޓް ހިމަނައިގެންނެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6860009 ނަންބަރު ފޯނާއެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ