ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީ.އީ.ސީ ކޯޑިނޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު: ސީ.އީ.ސީ ކޯޑިނޭޓަރ  

ވަޒީފާ އަދާކުރަންޖެހޭ ތަން: ގދ. ނަޑެއްލާ ކޮމިއުނިޓީ އީ- ސެންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. އައި.ސީ.ޓީ އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އައި.ސީ.ޓީ އާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ކޮމްޕިއުޓަރާއި އިންޓަރނެޓް މުޅިން އަލަށް ބޭނުންކުރަން ފަށައިގަންނަ މީހުންނަށާއި ކޮމްޕިއުޓަރާއި އިންޓަރނެޓް ބޭނުންކުރުމުގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ފަރާތްތަކަށް ކިޔަވައިދިނުމުގެ ހުނަރު ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޮމިއުނިޓީ އީ ސެންޓަރ ހިންގުން
  2. ކޮމިއުނިޓީ އީ ސެންޓަރުގައި ހިންގޭ އެކިއެކި ޓްރޭނިންގ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ކުރަންޖެހޭ އިންތިޒާމު ހަމަޖެއްސުން.
  3. ތަމްރީނު އަދި އެވެއަރނަސް ޕްރޮގްރާމްތަކުގެ ރިކޯޑު ބެލެހެއްޓުމާއި އިދާރީ މަސައްކަތް ކުރުން

އުޖޫރައާއި އިނާޔަތްތައް

  1. ފެންވަރު ނުވަތަ ޝަރުޠު ހަމަވާ ފަރާތްތަކަށް، ފެށޭ މުސާރަ މަހަކު -/3000 ރުފިޔާއާއި، ޓްރޭނިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2500 ރުފިޔާ (ޕްރޮބޭޝަނަށްފަހު ދެވޭ މުސާރަ -/3000 ރުފިޔާ، އަދި ޓްރޭނިންގ އެލަވަންސް މަހަކު -/2500 ރުފިޔާ)
  2. ފެންވަރު ނުވަތަ ޝަރުޠު ހަމަނުވާ ފަރާތްތަކަށް ފެށޭ މުސާރަ މަހަކު -/3000 ރުފިޔާ (ޕްރޮބޭޝަނަށް ފަހު ދެވޭ މުސާރަ މަހަކު -/3000 ރުފިޔާ، އަދި ޓްރޭނިންގ އެލަވަންސް މަހަކު -/2500 ރުފިޔާ)

އިންޓަރވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 20 ސެޕްޓެންބަރު 2016 ވާ އަންގާރަދުވަހުގެ 20:30 ގައި، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލުގެ އިދާރާގައި.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ތަޢުލީމީ ފެންވަރު:  % 15
  2. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް: %45
  3. ޕްރެކްޓިކަލް:   %20 
  4. ޕްރެޒެންޓޭޝަން: %20

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކޮމިއުނިޓީ އީ ސެންޓަރުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ގދ. ނަޑެއްލާ ކައުންސިލުގެ އިދާރާއިން މި ފޯމު ލިބެން ހުންނާނެ)
  2. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް

މަޤާމަށް އެދެންވި ގޮތާއި ސުންގަޑި:

2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 14:00ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލުގެ އިދާރާއަށް

ނޯޓް: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު ފުރިހަމަނުވާ ފަރާތަކަށް 3 މަސްދުވަހުގެ ޓްރެއިނިންގ / ޕްރޮބޭޝަން މުއްދަތު ހަމަވުމުން ޕްރޮބޭޝަން މުއްދަތުގެ މަސައްކަތް އިވެލުއޭޓްކޮށް ފެންވަރު ބެލުމުގެ އިމްތިޙާނެއް ދެވޭނެއެވެ. އިވެލުއޭޝަން އަދި އިމްތިޙާނުގެ ނަތީޖާއަށް ބެލުމަށްފަހު ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840007 ނަންބަރު ފޯނާއެވެ. ނުވަތަ ރަސްމީގަޑީގައި ކައުންސިލުގެ އިދާރާއަށް ވަޑައިގަތުމުންވެސް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަދި މިއިދާރާގެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ