ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.
މަޤާމު |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (04 މަސް ދުވަހަށް) |
||
އޮފީސް |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ |
||
ބޭނުންވާ އަދަދު |
2 |
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1/ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ރޭންކް: MS1 |
މުސާރަ |
މަހަކު -/5610 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
||
މަސައްކަތް ކުރަންޖެހޭ ތަން |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ/ ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން (ޝިފްޓް އުސޫލުން) |
||
ތަޢުލީމާއި ތަޖުރިބާ |
1. މަސައްކަތާ ގުޅޭ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ 3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
||
ސުންގަޑި |
2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު އޮންނާނީ 2016 ސެޕްޓެންބަރުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި އަންނަނިވި ކަންތައްތަކަށް އިސްކަންދެވޭނެއެވެ. - ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް. - ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށްވުން. - ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި ލިޔުމުގެ ޤާބިލުކަން ލިބިފައިވުން. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027524 / 3027523 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓް http://mlg.gov.mv އިން ލިބެން ހުންނާނެއެވެ. |