ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ތިރީގައި މިދަންނަވާ ހާޑް ޑިސްކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
Description |
Item # |
Dell LB406M 400GB SAS SSD 1000 RPM |
03 Nos |
ހުށަހަޅަންވީ ތަކެތި
- އަންދާސީހިސާބު
- ސަޕްލައިކޮށްދެވޭނެ އަގު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަސް ވާންވާނެއެވެ.
- ސަޕްލައިކޮށްދެވޭނެ މުއްދަތު - ޑެލިވަރީ
- ކުންފުނީގެ މަޢުލޫމާތު
- ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ)
- ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ
- މަސައްކަތުގެ ތަޖުރިބާގެ ލިޔުން 1 މާރިޗު 2015 އިން 20 އޮގަސްޓު 2016 މި ތާރީޚުގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެ މަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
- ވޭތުވެދިޔަ ތިން މަސްދުވަހުގެ (މޭ 2016 އިން ޖުލައި 2016 އަށް) ގެ އޮރިޖިނަލް ބޭންކް ސްޓޭޓްމަން (ބޭންކްގެ ތައްގަނޑު ޖަހާފައިވާ) ހުށަހަޅަން ވާނެއެވެ.
- މަދުވެގެން 1 އަހަރުދުވަހުގެ ވޮރަންޓީއެއް ހުށަހެޅުން
ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
1 |
އަގު |
75 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ މާރކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން |
2 |
ތަޖުރިބާ |
10 |
މަސައްކަތާ ގުޅުން ހުރި 1 ލިޔުމަށް – 2.5 މާރކްސް މަސައްކަތާ ގުޅުން ހުރި 2 ލިޔުމަށް – 5 މާރކްސް މަސައްކަތާ ގުޅުން ހުރި 3 ލިޔުމަށް – 10 މާރކްސް |
3 |
މުއްދަތު |
5 |
އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް ގިނަ މާރކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން |
4 |
މާލީ ހާލަތު |
10 |
ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް/ އޮޑިޓް ރިޕޯޓަށް ބަލާފައި |
އަންދާސީހިސާބު ހުށަހަޅާނެ ގޮތް
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް. ހޮސްޕިޓަަލަށް ހާޑް ޑިސްކްސަޕްލައިކޮށްދިނުމާގުޅޭ އިއުލާނުކަމާއި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 4 އޮގަސްޓު ވާ އާދީއްތަދުވަހު 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ އެޑްމިން ބްލޮކްގެ (ފުރަތަމަ ފަންގިފިލާ) ކޮންފަރަންސް ރޫމުގައެވެ. އަދި ބިޑުތައް ހުޅުވާނީ އެ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ބާޠިލު ކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މަޢުލޫމާތުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނައިފައިވުން
2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
3- ޚިދުމަތްދޭ ފަރާތާ ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މި ތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335349 / 3335254 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
22 ޛުލްޤަޢިދާ 1437