ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
މެކޭނިކް

ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެ.

މަޤާމު

މެކޭނިކް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް 4 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ގިންތި

ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

5 (ފަހެއް)

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް

ކ. މާލެ / ޕަބްލިކް ވަރކްސް ސަރވިސަސް، އޮޕަރޭޝަންސް ސެކްޝަން

މުސާރައާއި ޢިނާޔަތްތައް

މުސާރަ: މަހަކު -/5,020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.)

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕްރޮޖެކްޓުގެ މަސައްކަތްތަކަށް ބޭނުންވާ މެކޭނިކަލް މަސައްކަތްތައް ޑިޕާޓްމަންޓުގެ ވެރިން އަންގަވާ ގޮތުގެމަތިން ކުރުން. 
  2. ޕްރޮޖެކްޓުގެ ސައިޓުގައި ބޭނުންކުރާ އިކްއިޕްމެންޓާއި މެޝިނަރީ ސަރވިސްކޮށް / މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓުން. 
  3. ޕްރޮޖެކްޓުގެ ސައިޓުގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތް ފަދަ ތަންތަނުގައި ކަރަންޓު / އެއަރކޯން ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  4. ޕްރޮޖެކްޓުގެ ސައިޓުގެ އިކްއިޕްމެންޓާއި މެޝިނަރީ މަރާމާތު ކުރުމަށާއި ސަރވިސް ކުރުމަށް ބޭނުންވާ ސްޕެއަރ ރިކްއެސްޓްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަރވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން.

5. މާލިއްޔަތުގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީން މަގު، މާފަންނު/މާލެ) ގެ ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 14:00 އެވެ.

އިންޓަރވިއު ކުރުން:

  • މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ، 2016 އޮގަސްޓު - ސެޕްޓެންބަރުމަހުގެ ތާރީޚެއްގައި، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީންމަގު، މާފަންނު / މާލެ) ގައެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލޭ އޮފީހުންނެވެ.)

- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ 3323537 ނަންބަރު ފޯނަށް ނުވަތަ 3020815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016
ހޯދާ