މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދިއުމުގެ ހުއްދަ ދިނުމާ ބެހޭ

އިޢުލާން

ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދިއުމުގެ ހުއްދަ ދިނުމާ ބެހޭ

ރާއްޖޭގެ ބަނދަރުތަކަށް އަންނަ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތަކަށް އަރައި ފައިބައި މީހުންނާއި، އަރުވައި ބާލައި ތަކެތީގެ ކަންކަން ހިންގައި ބެލެހެއްޓުމަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިފަދަ އުޅަނދުފަހަރުގެ ކަސްޓަމްސް ކޮންޓްރޯލް ހަރުދަނާ ކުރުމުގެ ގޮތުން 1 ޖެނުއަރީ 2014 އިން ފެށިގެން، ގަވާއިދު ނަންބަރު 2011/R-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ ދަށުން އިންޓަރ އެޓޯލް ޓްރެވެލިން ޕާރމިޓް  ދޫކުރެވޭނީ އެ އުޅަނދެއްގައި މި އޮފީހުން ގަބޫލުކުރާ ފެންވަރުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭ.އައި.އެސް) ހަރުކުރެވި، މިސިސްޓަމްގެ އެހީގައި އެ އުޅަނދެއްގެ ޙަރަކާތްތައް ބަލައި މޮނިޓަރކުރެވޭ އުޅަނދުފަހަރަށެވެ.

މިއޮފީހުން ގަބޫލުކުރެވިދާނެ ފެންވަރުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭ.އައި.އެސް) އާ ބެހޭ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ކަސްޓަމްސްގެ ނަންބަރު  (IUL)14-B13/1/2013/   އިޢުލާނާ ގުޅޭ މަޢުލޫމާތު ޝީޓް

 

 

 

1

ޓްރެކްކުރުމަށްޓަކާ ހޯދޭ އޭ.އައި.އެސްގެ ތަފުސީލު:

 

 

- ކްލާސް އޭ (Class A) އޭ.އައި.އެސް އެއް ކަމުގައިވުން،

 

 

- އިންޓަނޭޝަނަލް ކްލާސް އޭ ސްޓޭންޑަޑްތަކަށް ފެތުން

 (IEC61993-2 ، ITU-RM.1371-3 އަދި DSC ITU-R M.825 )

 

 

- ސްޕެސިފިކޭޝަން ތިރީގައި އެވަނީއެވެ.

 

 

- TDMA Transmitter

  • TX Frequency - 156.025 MHz - 162.025 MHz, manual/automatic setting,
  • Transmitter Power -  12.5W, manual/automatic selection,

- TDMA Receiver

  • RX Frequency - 156.025 MHz - 162.025 MHz by 2 channels,

- DSC Receiver

  • RX Frequency - CH70 (156.525 MHz)

- 12-channels internal GPS Receiver w/ Differential (DGPS)

2

ޓްރެކްކުރުމަށްޓަކާ ހޯދޭ އޭ.އައި.އެސްގެ ތަފުސީލު:

 

 

- ހަރުކުރެވޭ އޭ.އައި.އެސްގައި މެނުއަލީ ފީޑް ކުރަންޖެހޭ މަޢުލޫމާތް ފީޑްކުރުން،

 (އުޅަނދާބެހޭ ސްޓެޓިކް އަދި ވޮޔޭޖް ޑޭޓާ)

 

 

- އެއްވެސް ހާލަތެއްގައި ދަތުރުމަތީ އޭ.އައި.އެސް އޮފް ނުކުރުން،

 

 

- އޭ.އައި.އެސްއަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކަސްޓަމްސަށް އެންގުން،

3

ޓްރެކްކުރުމަށްޓަކާ ހޯދޭ އޭ.އައި.އެސްގެ ތަފުސީލު:

 

 

- ކްލާސް އޭ އަކީ ސޯލާސް ސްޓޭންޑަޑަށް ފެތޭ އެއްޗަކަށް ވުން،

- މިފަދަ އިކްވިޕްމަންޓެއް ހޯދާ އިރު އެންމެ ބޭނުންތެރި ގިނަދުވަހު އައުޓްޑޭޓް ނުވެ ބޭނުންކުރެވޭނެ އެއްޗެއް ހޯދުން،

 

 

- މިއީ އުޅަނދުފަހަރުގެ މޫވްމަންޓް ޓްރެކް ކުރަން ހޯދާ އިކްވިޕްމަންޓަކަށް ވާތީ ވީހާވެސް ބޮޑު ރޭންޖެއް ކަވަރުކުރެވޭ ސިސްޓަމެއް ހޯދުން،

  • ކްލާސް އޭ އިން ޓްރެކް ކުރެވޭނީ ގާތްގަޑަކަށް 30 އާއި 40 ދެމެދުގެ ނޯޓިކަލްމައިލުގެ (ރޭޑިއަސް) އޭރިއާއެއް،

އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ފޯނު ނަމްބަރު 3334306 އާ ގުޅުއްވުމަށް އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޝައްވާލް 1434

26 އޮގަސްޓް 2013
ހޯދާ