މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

  • މަޤާމުގެ ނަން:       އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • ބޭނުންވާ އަދަދު:      1 (އެކެއް)    
  • ރޭންކް:           ޖީ.އެސް 1
  • ކުލެސިފިކޭޝަން:     ޓެކްނިކަލް އޮފިސަރ ގްރޭޑް 1
  • މުސާރަ:          މަހަކު -/4465 ރުފިޔާ
  • ސަރވިސް އެލަވަންސް:  މަހަކު -/1500 ރުފިޔާ
  • ހަމަޖައްސާ ސެކްޝަން / ޔުނިޓް: ކޯޕަރޭޓް އެފެއާޒް

މީގެއިތުރުން އިތުރުގަޑީގައާއި، ބަންދުދުވަހުގައި މަސައްކަތް ކޮށްފިނަމަ، ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

  • މަޤާމު އޮތް އޮފީސް:  ނ.ހެނބަދޫ ކައުންސިލުގެ އިދާރާ (އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސެކްޝަނުގައި ހުރި ނުނިމޭ، މައްސަލަތަކުގެ ރިޕޯޓު ހެދުމާއި، އޮފީހުގައި ހުރި ނުނިމޭ މައްސަލަތަކުގެ ރިޕޯޓު ހަދައި ފޮނުވުން.
  2. އޮފީހުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
  3. މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ކަންތައްތައް ކުރުން.
  4. އަރުވާލި މީހުންނާބެހޭ ކަންތައްތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުން.
  5. އޮފީހަށް ލިބޭ ތަކެތި އެންޓްރީ ކުރުމާއި (ދުވަހުން ދުވަހަށް) ޒިންމާދާރުވެރިޔާގެ ބެއްލެވުމުގެ ދަށުން ސެކްޝަންތަކާ ހަވާލުކުރުމާއި، އޮފީހުން ފޮނުވަން ޖެހޭ ތަކެތި ފޮނުވުން.
  6. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.
  7. އޮފީހުގެ ތިޖޫރީ ބެލެހެއްޓުން.
  8. އޮފީހުން ގުޅަންޖެހޭ ގުޅުންތައް ހަމަޖެހިފައިވާ ގަޑިތަކުގައި ގުޅުމާއި ކަމާބެހޭ ކަންތައްތައް ކުރުން.
  9. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޒޯން ޑުރައިވިންގ ލައިސަންސް ހަދައިދިނުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހަދައިދިނުން.
  10. އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ރޯޑްވާދިނަސް އަދި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓުފިކެޓު ހަދައިދިނުން.
  11. ވެލި، ގައު، އަކިރި ދޫކުރުމާބެހޭ ކަންތައްތައް ބެލެހެއްޓުން.
  12. ރުއް، ލަކުޑި ކެނޑުމާއި، ލަކުޑިސިޓީއާބެހޭ ކަންތައްތައް ކުރުން.
  13. ފަޅު ރަށްރަށާއި، ހިންނަ ފަދަ ތަންތަނުގެ ކަންތައްތައް ބެލެހެއްޓުން.
  14. އޮފީހުގެ ދިދަ ހަވާލުކުރުމާބެހޭ ކަންތައްތައް ކުރުން.
  15. މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުން.
  • މަޤާމުގެ އަސާސީ ޝަރުޠު:
  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

(1) ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

(2) ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

(3) މަސައްކަތުގެ ހުނަރާއި ޤާބިލުކަން.

އިންޓަރވިއު ކުރުން

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނ. ހެނބަދޫ ކައުންސިލުގެ އިދާރާގައެވެ. އިންޓަރވިއު އަށް ހާޒިރުވުމަށް 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

  • ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓްކޮށްފައިވާ ލިޔުންތަކާއި، އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮފީއަކާއި، ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީއާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) އާއެކު ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރުއްވުމަށްފަހު، ފޯމުގައިވާ ތަކެއްޗާއެކު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6560018 ފޯނާ ގުޅުއްވުން އެދެމެވެ.

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ، ވަޒީފާއަށް އިޢުލާން ކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު، މި ލިޔުން ހުށަހަޅާކަށްނުޖެހޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓުކުރުން

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ، އެފަރާތްތައް ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓްލިސްޓުކުރުމުގެ އިޚުތިޔާރު، ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ލިބިގެންވެއެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016
ހޯދާ