މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ އެގްރިކަލްޗަރ ފެއާރ މެނޭޖްކޮށް އޯގަނައިޒް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

2016 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ އެގްރިކަލްޗަރ ފެއަރ މެނޭޖްކޮށް އޯގަނައިޒް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-C/30/2016/66 އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތަކަށް ބަދަލު އައުމާގުޅިގެން މި އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 6 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239،3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

25 އޮގަސްޓް 2016
ހޯދާ