މަޤާމުގެ ނަން:
|
ކޮމިއުނިޓީ ހެލްތު އޮފިސަރ
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް. އެސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ:
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/2500 ރުފިޔާ
|
ރިސްކް އެލަވަންސް:
|
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ދިނުން.
|
ޑިވިޝަން/ ސެކްޝަން:
|
ޕަބްލިކް ހެލްތު ސެކްޝަން
|
މަޤާމު އޮތް ތަން
|
ރ.މާކުރަތު ޞިއްޙީމަރުކަޒު
|
އިތުރު ޢިނާޔަތްތައް:
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ހެލްތު މާސްޓަރ ޕްލޭނާއި އަދި އެހެނިހެން ޤައުމީ/ ސްޓްރެޓެޖިކް ޕްލޭންތަކަށް ރިޢާޔަތްކޮށް އެއާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވައި އެ ޕްލޭނާ އެއްގޮތަށް، ސްކޫލްތަކާއި ކައުންސިލް އަދި އެކި ޖަމްޢިއްޔާތަކާ ގުޅިގެން ރަށުފެންވަރުގައި އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
- އާންމު ޞިއްޙަތާ ގުޅުންހުރި މަސައްކަތްތަކުގައި ރަށަށް ޒިޔާރަތް ކުރާ ޓީމުތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
- ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ އެރޯގާ ކޮންޓްރޯލް ކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރުމާއި، އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އަންގައި އެފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅު އެޅުން.
- ރަށުފެންވަރުގައި ޞިއްޙީގޮތުން ކުރެވޭ މަސައްކަތްތައް މަހަކު 1 ފަހަރު ރަށުކައުންސިލާ ހިއްސާކޮށް، ކޮންމެ 3 މަހަކުން އެއްމަހު ބައްދަލުކޮށް، މަޝްވަރާކޮށް، ކައުންސިލާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޕަބްލިކް ހެލްތު ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒް ކުރައްވައި، ދުވަހުން ދުވަހަށް އެމީހުންގެ މަސައްކަތް ނިންމުމަށް ބާރު އަޅައި، އެހީތެރިކަން ފޯރުކޮށްދިނުން.
- ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، ރަށުފެންވަރުގައި ދިރާސާ ކުރުމަށްފަހު ގަވާއިދުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވުން. އަދި ޕަބްލިކް ހެލްތުގެ މަސައްކަތްތަކާ ގުޅިފައިވާ ޑޭޓާބޭސްތައް ގަވާއިދުން އަޕްޑޭޓް ކުރަމުން ގެންދިއުން.
- ރަށުފެންވަރުގައި ކާރިސާތަކާއި އެކިއެކި ހާދިސާތަކުގައި ޕަބްލިކް ހެލްތު ޔުނިޓުން ޢަމަލުކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި، އެއަށް ޢަމަލުކުރުން.
- ޤައުމީ އިމިއުނައިޒޭޝަން ޕްރޮގްރާމުގެ ދަށުން އަތޮޅު އަދި ރަށުފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
- ނިއުޓްރިޝަނާބެހޭ ޤައުމީ ޕްރޮގްރާމުގެ ދަށުން އަތޮޅު އަދި ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
- ގައިންގަޔަށް އަރާބަލިތަކާއި، އެކިއެކި ސޫފާސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތައް އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޤައުމީ ޕްރޮގްރާމުތަކުގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
- އުފަންވެނި ޞިއްޙަތުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ ޙަރަކާތްތަކާއި، ދޭންޖެހޭ ޚިދުމަތް ދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެ ފަދަ ގޮތަކަށް ރާވައި ހިންގުން.
- މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށްޓާ ގުޅުންހުރި ޞިއްޙީ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ފެންވަރުގައި ރާވައި ހިންގުން.
- އެރަށެއްގެ އަދި އެ އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމެންޓާއި ކްލިނިކަލް ދާއިރާއާ ގުޅިގެން ޕަބްލިކް ހެލްތުގެ މަސައްކަތްތައް ރާވައި ހިންގުން.
- އާންމު ޞިއްޙަތާ ގުޅުންހުރި ޤާނޫނުތައް ރަށުފެންވަރުގައި ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށުކައުންސިލާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި އެހެނިހެން ތަންފީޒީ އިދާރާތަކާ ގުޅިގެން ކުރުން.
- އެކިއެކި ޕަބްލިކް ހެލްތު ޕްރޮގްރާމްތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި، ޢާންމު ރައްޔިތުންނަށް ގަވާއިދުން ފޯރުކޮށްދިނުން.
- އާންމު ޞިއްޙަތު ރައްކާތެރި ކުރުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި ހޯމްވިޒިޓްތައް ރާވައި ހިންގުން.
- ފާމަސީތައް އަދި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން އަދި ޔޫރަޕިއަން ޔޫނިއަނަށް އެކްސްޕޯޓް ކުރުމަށް މަސްބާނާ އޮޑިދޯނިފަހަރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް އިންސްޕެކްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.
- އެ އަތޮޅެއްގެ ޞިއްޙީ މަރުކަޒުތަކުގެ ޕަބްލިކް ހެލްތު ޔުނިޓްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، މަސައްކަތްތައް ރާވައި ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ރަށުގެ ހުރިހާ ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު އަދި އަތޮޅު ކައުންސިލާއި، ސްކޫލާއި އަދި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.
|
ތަޢުލީމާއި ތަޖުރިބާ:
|
- ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ރ.މާކުރަތު ޞިއްޙީމަރުކަޒު
|
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް.
|
- ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން
- ޖިސްމާނީ އަދި ނަފުސާނީ ޤާބިލުކަން ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުންނާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ވެބްސައިޓް www.urh.gov.mv އިން ލިބެން ހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުން.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، އެހެނިހެން ލިޔުންތައް ބަލައިގަންނާނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުންނެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
އިންޓަރވިއު އޮންނާނީ 2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހު މި ހޮސްޕިޓަލުގެ ކޮންފަރެންސްހޯލުގައެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6580029 އެވެ.
|