މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
4 އިމާރާތުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ
އިޢުލާން
ތިރީގައި މިދަންނަވާ 4 އިމާރާތުގެ ސެކިޔުރިޓީ ބަލަހައްޓާ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- އެދުރުހިޔާ
- އެދުރުވެހި (ވިލިނގިލި)
- ފިލާބިލްޑިންގ 1
- ފިލާބިލްޑިންގ 2
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ (އެދުރުހިޔާ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 10:00 އަށް |
2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހުގެ 10:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341193 ނަންބަރު ފޯނަށެވެ.
25 އޮގަސްޓް 2016
ހޯދާ