ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ހެލްތު އޮފިސަރ
ބޭނުންވާ އަދަދު: 1
މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން: އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ރަށް: ކ. މާލެ
މަޤާމުގެ ބާވަތް: ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން
މުއްދަތު: 1 އަހަރު
ސެކްޝަން: އެކަޑަމިކް (މެންދުރުފަހުގެ ދަންފަޅި)
ޝަރުޠު:
މަޤާމު |
ރޭންކް |
ކުލެސިފިކޭޝަން |
ދާއިރާ |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ހެލްތު އޮފިސަރ |
GS4 |
އ.ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ހެލްތުގެ ދާއިރާ |
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ ސާނަވި އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑި' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައވުން. |
މަހަކު -/5020 ރުފިޔާ |
މަހަކު -/2500 ރުފިޔާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1. ޞިއްޙީ ޕްރޮގްރާމްތައް ސްކޫލުގެ އިދާރާއާ ގުޅިގެން ރާވައި ހިންގުން. އަދި މިކަން ކުރިއެރުވުމަށް ދަރިވަރުންނަށް ދަސްކޮށްދެވޭފަދަ އިންތިޒާމެއް ރޭވުން. 2. މެޑިކަލް (އިންސްޕެކްޝަން) އަށް ވަޑައިގަންނާ ބޭފުޅުންނަށް އެހީތެރިވެދީ ކުލާސްތަކަށް ވިޒިޓްކޮށްގެން ނުވަތަ ވަކިވަކި ކުލާސްތައް ހެލްތުރޫމަށް ގެނެސްގެން ޞިއްޙީ މަޢުލޫމާތު ދިނުން. 3. ދަރިވަރުންގެ މެޑިކަލް ޗެކަޕް ފެށުމުގެ ކުރިން ޓީޗަރުންނަށް އެހީތެރިވެދީގެން ޓީޗަރސް އޮބްޒަވޭޝަން ކޮލަމް ފުރިހަމަކުރުން. 4. ހެލްތުރޫމް ބަލަހައްޓަވައި، އެތަނުން ލިބެންވާ ފަސްޓްއެއިޑް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. 5. ސްކޫލުގެ ގޯތިތެރެއާއި، ފާޚާނާތައް އަދި ކުލާސްތަކުގެ ސާފުތާހިރުކަން ދުވާލަކު އެއްފަހަރު ބެލުން. 5. ސްކޫލުން ރާވާ އެކިއެކި ޙަރަކާތްތަކުގައި ޞިއްޙީ ދާއިރާއިން ކުދިންނަށް އެހީތެރިވުމާއި، މިގޮތުން ދާންޖެހޭ ތަންތަނަށް ދިއުމާއި، ކުދިންގެ އައުޓިންގތަކުގައި ބައިވެރިވުން. 6. މީގެ އިތުރުން މަދަރުސާއިން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް އެހެން ނަމަވެސް ހާލަތު ނިޔާކުރާ ގޮތުން މަދަރުސާއިން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، މަދަރުސާގެ މަސްއޫލިއްޔަތުތައް ތަންފީޒު ކުރުމަށްޓަކައި މަދަރުސާއިން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން. |
އުޖޫރައާއި އިނާޔަތްތައް:
ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔާތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ) ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިބޭނެއެވެ.
މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- މެރިޓް އުސޫލުން އެންމެ މަތީ މާކްހެއް ލިބޭ ފަރާތެއް
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް
އިންޓަރވިއު ކުރުން
1. އިންޓަރވިއު، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 20 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ މި މަދަރުސާގެ 6 ވަނަ ފަންގިފިލާގައެވެ.
2. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މަދަރުސާގެ ރިޝެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މި މަދަރުސާގެ ރިސެޕްޝަނަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 13:45 ގެ ކުރިން އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޗާނދަނީމަގު) އަށް. ވަޒީފާއަށް އެދޭ ފޯމާއި މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ނަންބަރު 3328072 ފޯނަށް ގުޅުއްވުން އެދެމެވެ.
19 ޛުލްޤަޢިދާ 1437