ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރެކްޓްކޮށް މަސައްކަތް ކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ
މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީޒް ޑިވެލޮޕްމަންޓް ސެކްޝަނުން ހިންގާ ޕްރޮޖެކްޓްތަކާ ގުޅޭ މަސައްކަތްތައް 3 މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަވާ 2 ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް (ކޮންމެ 6 ގަޑިއިރަކަށް) -/296 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، އިތުރުގަޑީގެ މަސައްކަތަށް، ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ. އާންމުގޮތެއްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ރަސްމީގަޑި ކަމުގައިވާ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު:
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާ އިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސެޓުފިކެޓުގެ 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީގެ މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ނުވަތަ ގުޅުންހުރި ދާއިރާއެއްގެ ސެޓުފިކެޓު ލިބިފައިވުން.
އިންޓަވިއު ކުރުން.
ހ. މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 6 ސެޕްޓެންބަރު 2016 އާއި 30 ސެޕްޓެންބަރު 2016 އާ ދެމެދުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ސުންގަޑި:
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގޭ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 5 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ލިޔުމަކުން ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
2. ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.
3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ފެންނަ ކިޔަން އެނގޭ ކޮޕީއެއް
4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއި އީ.މެލް އެޑްރެސް އާއި އެކު)
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 ފޯނަށް ގުޅުއްވުން އެދެމެވެ.
މަސައްކަތްތަށް ފަރުވާ ބަހައްޓައިގެން ކުރާނަމަ ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭނެކަމުގައި ދަންނަވަމެވެ.
21 ޛުލްޤަޢިދާ 1437