ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި ކައުންސިލުގެ ތރީގައިވާގޮތަށް ޑިޒާސްޓަރ ޓީމެއް ނެގުމަށް ކުރެވުނު ނަންބަރު (IUL)424-CO/424/2016/52 (8 އޮގަސްޓު 2016) އިޢުލާނަށް ބޭނުންވާ ވަރަށް މީހުން އިޖާބާދީފައިނުވާތީ އެ އިޢުލާނުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ.

ކާރިސާތަކާ ގުޅިގެން ދިމާވާ އެކިއެކި ހާދިސާތަކުގައި އެހީތެރިވެދެއްވާނެ ޓާސްކްފޯހެއް މާދަޑުގައި އެކުލަވާލުމަށް ބޭނުންވެއެވެ. 

ބޭނުންވާ އަދަދު

6

ޝަރުޠު

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.

މުސާރަ

މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ވަޒީފާއަށް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ، އަދި އިންޓަރވިއުއަށް ބެލޭނެއެވެ. އަދި މީގެ އިތުރުން އުމުރުން 55 އަހަރުވެފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ޓާސްކްފޯހަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ

2- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ކާކުކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.

އެދެންވީ ގޮތާއި ސުންގަޑި:

މި ޓާސްކްފޯހުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވެލައްވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު މާދަޑު ކައުންސިލުގެ އިދާރާއަށެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 6860041 ފޯނަށެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016
ހޯދާ