ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ކުލަލައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ވަށާފާރުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމާބެހޭ:

މި ސްކޫލުގެ ވަށާފާރުގެ އެތެރެއާއި ބޭރުގައި މިހާރުހުރި ކުލަ ކެހުމަށްފަހު، މައިގަނޑު ތަކެތި ދިނުމުން ކުލަލައިދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު GS132/2016/13 (14 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމަށް ފެންނާތީއާއި، ނަންބަރު GS132/2016/35 (11 އޮގަސްޓު 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 11:00 އަށް

2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު 6600315 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016
ހޯދާ