މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލްޓީވީގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރައްޔިތުންނަށް ކޭބަލްޓީވީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން:

މުލަކަތޮޅު މަޑުއްވަރީ ރައްޔިތުންނަށް ދެމުންގެންދިޔަ ކޭބަލް ޓީވީގެ ޚިދުމަތް (ޚިދުމަތް ދެމުންގެންދިޔަ ރޫމުގައި) 10 އަހަރުދުވަހުގެ މުއްދަތަށް އެ ޚިދުމަތް، ރައްޔިތުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ، ރީބްރޯޑްކާސްޓްކުރުމުގެ ހުއްދައާއި، މި ދާއިރާއިން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެ، އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލުގެ އިދާރާއަށް ވަޑައިގަތުން އެދެމެވެ.

މަޢުލޫމާތުދިނުން

ބިޑް ހުށަހެޅުން

2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 13:15 ގައި

2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވާ ކުންފުނި، އިންވެސްޓްމެންޓުގެ ރަޖިސްޓަރީގެ ކޮޕީ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުންވެސް ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންވާނެއެވެ. އަދި އެބޭފުޅަކު ތަމުސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ތަމުސީލުކުރައްވާނަމަ، ތަމުސީލުކުރަނީ ކޮންފަރާތެއްކަން އެނގޭނޭ ސިޓީއާއެކު، އެ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި މި ކައުންސިލުގެ ނަންބަރު: 6720032 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 އޮގަސްޓް 2016
ހޯދާ