މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވޭތޯ ބެލުން

އިޢުލާން

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މި މިނިސްޓްރީއިން ކުއްޔަށް ދޫކޮށްފައިވާ ތިރީގައި ބަޔާންކޮށްފައިވާ ޖިއޮގްރެފިކަލް ކޯޑިނޭޓްސް ހިމެނޭ ކ. އަތޮޅު ފަޅު ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓުގެ ދަށުން އެ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހައި ޙައްޤުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅާފައިވާތީ، އެ ފަޅާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާނަމަ، މި އިޢުލާން ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން، މި މިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އީމެއިލުން ހުށަހަޅާ ކަމުގައިވަނީނަމަ، [email protected] އަށް އަންގަވައިދެއްވުމަށް އަންގައި އިޢުލާނުކުރީމެވެ.

  • ކ. މާލެ އަތޮޅު ފަޅު- ޖިއޮގްރެފިކަލް ކޯޑިނޭޓްސް 4°03’25.1”N, 73°23’16.2”E 

18 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016
ހޯދާ