މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރާ ނިޒާމު ޑިޒައިންކޮށް، ޢަމަލީ މަސައްކަތް ސްޕަވައިޒް ކުރާނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު: TES/2016/C-016

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

އއ.ހިމަންދޫ، އއ.ބޮޑުފުޅަދޫ، އއ.މަތިވެރި، އދ.ކުނބުރުދޫ، އދ.ދިގުރަށް، ހއ.އުތީމު، ހއ.މުޅަދޫ، ހއ.މުރައިދޫ، ހއ.އުލިގަމު، ހއ.މާރަންދޫ، ހއ.ފިއްލަދޫ، ހދ.ފިނޭ، ހދ.ކުރިނބީ، ހދ.ނޭކުރެންދޫ، ހދ.ހިރިމަރަދޫ، ށ.ފޭދޫ، ށ.ނަރުދޫ، ށ.ފީވައް، ށ.ޅައިމަގު، ށ.ނޫމަރާ، ށ.ބިލެތްފަހި، ށ.ފުނަދޫ، ނ.މަގޫދޫ، ނ.ހެނބަދޫ އަދި ނ.ޅޮހީގައި ޤާއިމުކުރާ ވާރޭފެން ނަގައި ރައްކާކުރާ ނިޒާމު ޑިޒައިންކޮށް، ޢަމަލީ މަސައްކަތް ސުޕަވައިޒް ކުރާނެ ފަރާތެއް ހޯދުން

 1. އއ.ހިމަންދޫ، އއ.ބޮޑުފުޅަދޫ، އއ.މަތިވެރި، އދ.ކުނބުރުދޫ، އދ.ދިގުރަށް، ހއ.އުތީމު، ހއ.މުޅަދޫ، ހއ.މުރައިދޫ، ހއ.އުލިގަމު، ހއ.މާރަންދޫ، ހއ.ފިއްލަދޫ، ހދ.ފިނޭ، ހދ.ކުރިނބީ، ހދ.ނޭކުރެންދޫ، ހދ.ހިރިމަރަދޫ، ށ.ފޭދޫ، ށ.ނަރުދޫ، ށ.ފީވައް، ށ.ޅައިމަގު، ށ.ނޫމަރާ، ށ.ބިލެތްފަހި، ށ.ފުނަދޫ، ނ.މަގޫދޫ، ނ.ހެނބަދޫ އަދި ނ.ޅޮހީގައި ޤާއިމުކުރާ ވާރޭފެން ނަގައި ރައްކާކުރާ ނިޒާމެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ފައިސާ، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ ހިލޭ އެހީގެ ދަށުން ވަނީ ހަމަޖެހިފައެވެ. މިގޮތުން، މި މަޝްރޫޢުގެ ޑިޒައިންގެ މަސައްކަތްކޮށް، ޢަމަލީ މަސައްކަތް ސުޕަވައިޒް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 2. މި ކޮންސަލްޓެންސީގެ މަސައްކަތްތަކުގެ ތެރޭގައި ޕްރެލިމިނަރީ ޑިޒައިން ހެދުން، ޑީޓެއިލް ޑިޒައިން ހެދުން، ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުން، އިވެލުއޭޓް ކުރުން، ކޮންޓްރެކްޓް ނެގޯޝިއޭޓް ކުރުން، ކޮންޓްރެކްޓް މެނޭޖްމަންޓާއި، ކޮންޓްރެކްޓް އެގްރީމަންޓް ތައްޔާރުކުރުން، އަދި 25 ރަށުގެ ވާރޭފެން ނަގައި ރައްކާކުރާ ނިޒާމު ޑިޒައިންކޮށް، މަސައްކަތް ކުރުމާއެކު، ޢަމަލީ މަސައްކަތް ސުޕަވައިޒް ކުރުން ހިމެނެއެވެ. މިމަސައްކަތުގެ މުއްދަތަކީ 28.5 މަސްދުވަހެވެ.

 3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓެންޓުން، ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް (އާރް.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

 4. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 25 އޮގަސްޓު 2016 އިން 6 ސެޕްޓެންބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް، މި ދަޢުވަތުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން، ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. މި މަސައްކަތުގެ އާރް.އެފް.ޕީ މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 5. މި މަސައްކަތާ ބެހޭ އެއްވެސް ސުވާލެއްވާނަމަ 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

 6. ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 25 ވާ އާދީއްތަދުވަހުގެ 11:00 ގެ ކުރިން "ޕްރޮޕޯޒަލް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

   ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން

   ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ

   ޓެލެފޯން: 9603349106+ , 9603349296+

   ފެކްސް: 3340706 960+ 

   އީމެއިލް އެޑްރެސް: [email protected]

             [email protected]

25 އޮގަސްޓް 2016
ހޯދާ