ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ތ. ކަނޑޫދޫ ކައުންސިލުގެ އިދާރާގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރުން:

ތ. ކަނޑޫދޫ ކައުންސިލުގެ އިދާރާގައި ކުރަންހުރި ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)387/387/2016/70 (12 ޖުލައި 2016) އިޢުލާނާއި، ނަންބަރު (IUL)387/387/2016/77 (7 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، ކުރަންޖެހޭ މަސައްކަތްތަކަށް ބައެއް ބަދަލު ގެނެސް އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 22 ވަނަ ދުވަހުގެ 8:30 އިން ފެށިގެން 2016 އޮގަސްޓު 28 ވަނަދުވަހުގެ 13:00 އާ ދެމެދު މި އިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2016 އޮގަސްޓު 31 ވަނަދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ޕްރީބިޑް މީޓިންގ އަދި ސައިޓު ބެލުން 2016 އޮގަސްޓު 29 ވަނަދުވަހުގެ 11:00 ގައި މި އިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓުގެ އަގަކީ -/25 (ފަންސަވީސް) ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016
ހޯދާ