ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޢިމާރާތުގެ ބައެއް މަރާމާތުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: HRH/IU/2016/05 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު ފުރިހަމަނުވާތީ، ބަޔާންކޮށްފައިވާ ނަންބަރު އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 11:00 އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މި ބީލަމާ ބެހޭ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތުދިނުން އޮންނާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 6 ސެޕްޓެންބަރު 2016 ވާ އަންގާރަދުވަހުގެ 11:00 އެވެ.  

ބީލަން ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ބީލަން ހުށަހަޅާއިރު ހުރިހާ ލިޔުމެއްގެ އަސްލާއެކު އިތުރު ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ ގޮތަށް އެޑްރެސްކުރަން ވާނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އައްޑޫސިޓީ / ދިވެހިރާއްޖެ

ޓެންޑަރކުރެވިފައިވާ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ތިރީގައިވާ މިންގަނޑުތަކަށް ރިޢާޔަތްކުރެވޭނެއެވެ.

ހ-

ށ-

ބީލަން ހުށަހަޅާ ފަރާތުގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަން

ބީލަން ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަން   

15 ޕޮއިންޓް

10 ޕޮއިންޓް

ނ-

ރ-

މަސައްކަތްކުރުމަށް ހުށަހަޅާ އަގު

މުއްދަތު

40 ޕޮއިންޓް

35 ޕޮއިންޓް

 

ޖުމްލަ ޕޮއިންޓް

100 ޕޮއިންޓް

18 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016
ހޯދާ