މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ/ޔުނިޓް

ބޭނުންވާ އަދަދު

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ކްއާޓަރ މާސްޓަރ ސަރވިސް

7

މާލެ

މާލެ އޭރިއާ / ހުޅުލެ ޕޯސްޓް

2

ހުޅުލެ

މަޤާމު:

މަސައްކަތު

މުސާރަ:

(މަހަކު) -/4865 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހުޅުލޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މަސައްކަތު ނުކުންނަ ދުވަހަށް ކޮއްތު ފައިސާގެ ގޮތުގައި -/60 ރުފިޔާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުގައިވާ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމާއި ފާޚާނާތަކާއި، ޖަންކުޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

އިތުރު މަޢުލޫމާތު:

މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 2016 ސެޕްޓެންބަރު 5 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724  ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

21 ޛުލްޤަޢިދާ 1437

24 އޮގަސްޓް 2016
ހޯދާ