ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
އިންވަކިކުރުމަށް ފާރު ރާނައި ސިމެންތިޖަހާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގެ ނަންބަރު:GS168/IUL/2016/33 އިޢުލާނާ ގުޅިގެން އެމަސައްކަތަށް ކުރިމަތިލާފައިވާ އެއްވެސް ފަރާތެއް ޝަރުޠު ހަމަނުވާތީ އެ އިޢުލާނު ބާޠިލުކޮށް، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކުރީގެ ބޯޅަދަނޑުގެ ބިމުން މި ސްކޫލުގެ ގޯއްޗަށް އިތުރުކުރެވުނު ބައިގެ އިން ވަކިކުރުމަށް ފާރު ރާނައި ސިމެންތިޖަހާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

 ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ދިއްގަރު ސްކޫލުގެ އޮފީސް

 5 ސެޕްޓެންބަރު 2016

ހޯމަ

13:00

އަންދާސީހިސާބު ހުށަހެޅުން

ދިއްގަރު ސްކޫލުގެ އޮފީސް

 8 ސެޕްޓެންބަރު 2016

ބުރާސްފަތި

13:00

ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ދުރުވާނަމަ، އެކުންފުންޏެއް ނުވަތަ އަމިއްލަ ފަރާތެއްގެ ސިޓީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016
ހޯދާ