ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ޖެހުމަށް ބޭނުންވާ ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހއ.ތުރާކުނުގެ މަގުމަގާއި ގޯޅިތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދުމަށް

މިރަށުގެ މަގުމަގާއި ގޯޅިތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދުމަށް 2016 އޮގަސްޓު 1 ގައި މި އިދާރާއިން ކުރި ނަންބަރު: (IUL)244-CAA/244/2016/43 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ސެޕްޓެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ހއ.ތުރާކުނުގެ މަގުމަގާއި ގޯޅިތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ހޮޅިދަނޑި ހަދައިދިނުމަށް އެދި" މިގޮތަށް ލިޔުއްވަންވާނެއެވެ.

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު ސިޓީ ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016
ހޯދާ