މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުނިކަހައި ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ހޮސްޕިޓަލުން ކަނޑައަޅާ ސަރަހައްދުތަކެއް ކުނިކަހައި ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ހޮސްޕިޓަލުން ކަނޑައަޅާ ސަރަހައްދުތަކެއް ކުނިކަހައި ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: ADM-MRH/2016/05 (27 ޖޫން 2016) އިޢުލާނަށް ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީއާއި، ވާދަކުރާނެ ތިންފަރާތް ނެތުމުން މި އިޢުލާން ބާޠިލުކޮށް، މިނިސްޓްރީ އޮފް ހެލްތުން ތައްޔާރުކުރައްވާފައިވާ މަޢުލޫމާތުޝީޓާ އެއްގޮތަށް މި މަސައްކަތް ކުރުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށްް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓްު 30 ވާ ބުދަދުވަހުގެ 11:00 އަށް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 11:30 އަށް ހޮސްޕިޓަލް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރަކީ 6720605 ، 6720604

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016
ހޯދާ