ދިވެހިރާއްޖެ
އިޢުލާން
މި އަތޮޅު އިސްދޫގައި ޢިމާރާތްކުރަމުންދާ ކޯޓު އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައި، ޢިިމާރާތާއި ޢިމާރާތުގެ ގޯތިތެރެ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ކޯޓުގެ ނަމްބަރު: (IUL)O8MC-A/2016/03 (16 ޖޫން 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އިސްދޫގައި ޢިމާރާތްކުރަމުންދާ ކޯޓު އިމާރާތުގެ ސެކިއުރިޓީ 1 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދިނުމާއި، އެ އިމާރާތާއި އިމާރާތުގެ ގޯތިތެރެ 1 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 އޮގަސްޓު 2016 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކޯޓަށް ނުވަތަ ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހު 11:00 އަށް، މި ކޯޓަށް ނުވަތަ ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
20 ޛުލްޤަޢިދާ 1437