ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެކްޓިވިޓީ ޔުނިފޯމު ސަޕްލައިކޮށްދިނުމާގުޅޭ

މި މަރުކަޒުން ދޭ ނަމޫނާއަކާ އެއްގޮތަށް އެކްޓިވިޓީ ޔުނިފޯމު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS17/2015/50 އިޢުލާނާ ގުޅިގެން ބިޑު ކާމިޔާބުކުރި ފަރާތުން ކަނޑައެޅިފައިވާ މުއްދަތަށް އެކްޓިވިޓީ ޔުނިފޯމު ސަޕްލައިކޮށްދީފައިނުވާތީ، އެފަރާތާމެދު ވެވުނު އެއްބަސްވުން ބާޠިލުކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 28 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

15 ޛުލްޤަޢިދާ 1437

18 އޮގަސްޓް 2016
ހޯދާ