ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ކޮންސަލްޓަންޓެއް ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހާންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް ޑޭޓާބޭސް ހެދުމަށް ނެޝަނަލް ކޮންސަލްޓަންޓެއް ނުވަތަ ކޮސަލްޓިންގ ކުންފުންޏެއް ބޭނުންވެއްޖެއެވެ.

މަޤާމު: ކޮންސަލްޓަންޓް   (ވަކި ފަރުދެއް ނުވަތަ ކުންފުންޏެއް)

ބޭނުންވާ އަދަދު:    1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ވެބްސައިޓްގެ  http://eedp.moe.gov.mv/#/"ޑައުންލޯޑްސް"އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން: މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އޮގަސްޓު 2016 ގެ 13:00 ގެ ކުރިން އެދުރުހިޔާ އިމާރާތުގެ 09 ވަނަ ފަންގިފިލާއަށް ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް އެޑްރެސްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3341280 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލުވާނެ ވާހަކަ ދެންނެވީމެވެ.

އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ.

އަޒްހާ ޒަމީރު

އެސިސްޓަންޓް ޑައިރެކްޓަރ

ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް

09 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 3341280

އީ.މެއިލް :  [email protected]

މަޤާމަށް ހޮވުން: މި މަޤާމަށް ބޭފުޅަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު، ޖަނަވަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެWorld Bank's Guidelines: Selection and Employment of Consultants by World Bank Borrowers .

އިތުރު މަޢުލޫމާތު:  - މި މަޤާމާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްގެ ނަންބަރު  3341280 އާ ގުޅުއްވުން އެދެމެވެ.

23 އޮގަސްޓް 2016
ހޯދާ